International Stadium elhumuge dhiraasaa China kunfunyakah
image
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ދަނޑު--
0 ކޮމެންޓް
 

ބައިނަލްއަގްވާމީ ސްޓޭޑިއަމް އެޅުމުގެ ދިރާސާ ޗައިނާ ކުންފުންޏަކަށް

ރާއްޖޭގައި ބައިނަލްއަގްވާމީ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ މަސައްކަތަށް ބޭނުންވާ ދިރާސާ ކުރުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކޮށްފި އެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ ހަފްތާގައި ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުގެ ތެރެއިންނެވެ. ހަވާލުކުރި މަސައްކަތާ ބެހޭ ތަފްސީލެއް އަދިއެއް ނުލިބެ އެވެ.

އެ ދަތުރުގައި ޝާހިދު ސޮއިކުރެއްވި ތިން އެއްބަސްވުމުގެ ތެރޭގައި ކުޅުވަރުގެ ދާއިރާއިން ދެގައުމުގެ ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ހިމެނެ އެވެ. އޭގެ ދަށުން ތަމްރީނާއި، ކޯޗިން އަދި އިންފްރާސްޓްރަކްޗާ ބިނާ ކުރުމުގައި ޗައިނާއިން ރާއްޖެއަށް އެހީވެދޭނެ އެވެ.

"މި އެމްއޯޔޫ ވެގެން ދާނީ 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމަށް މަގފަހިވެގެން ދާ އެމްއޯޔޫ އެއް ކަމަށް،" ޝާހިދު ވިދާޅުވި އެވެ.

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 ވަނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މާލޭގައިވާ ގަލޮޅޮ ދަނޑު ތަޅާލުމަށް ފަހު އާ ދަނޑެއް އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ހިޔާލު