Queen ge Bohemian Rhapsody akee funn maana thakeh ekulevey lavayeh
image
ކުއީން ބޭންޑް--
މިއުނާ ހަސަން
0 ކޮމެންޓް
 

ކުއީންގެ "ބޯހީމިއަން ރެޕްސޮޑީ" އަކީ ފުން މާނަތަކެއް އެކުލެވޭ ލަވައެއް

ލަވަ އަޑުއެހުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އެހެން ނަމަވެސް އެ އަޑުއަހާ ލަވައިގެ މާނައާ ދޭތެރޭގައި ވިސްނާލެވޭނީ މަދު ފަހަރަކު އެވެ.
ބޭރުގެ މަޝްހޫރު ބޭންޑްތަކާއި، ވަކިވަކި ފަންނާނުންގެ ހިޓް ލަވަތައް ގިނަ މީހުންނަށް އިނގޭނެ އެވެ. ހާއްސަކޮށް މީގެ 10 ވަރަކަށް އަހަރު ކުރީގެ ބައެއް އިނގިރޭސި ލަވަތަކަކީ ދިވެހިންގެ ތެރޭގައި އަދިވެސް ހިޓް ލަވަލަވަ އެވެ.

އެގޮތުން އިނގިރޭސިވިލާތުގެ ކްއީން ބޭންޑްގެ ލަވަތައް އަޑުއަހާ މީހުން ދިވެހިންގެ ތެރޭގައި ފުދޭ ވަރަކަށް ގިނައިން އުޅެ އެވެ.

ކްއީން ބޭންޑަކީ 1970 ވަނަ އަހަރު އުފެއްދި ބޭންޑެކެވެ. ބޭންޑް އުފެދިގެން އައިރު ބޭންޑުގެ ލީޑް ލަވަ ކިއުންތެރިއަކީ ފްރެޑީ މާކިއުރީ އެވެ. ބްރިއަން މޭ ލީޑް ލަވަ ކިއުންތެރިއެއްގެ ގޮތުގައާއި ގިޓަރިސްޓެއްގެ ގޮތުގައި ޕާފޯމް ކުރިއިރު، ރޮޖާ ޓެއިލާ އަކީ އެ ބޭންޑުގެ ޑްރަމަރު އަދި ވޯކަލިސްޓެކެވެ. އޭގެ އިތުރުން އެ ބޭންޑުގެ ބޭސް ގިޓާ ކުޅުނީ ޖޯން ޑީކޮން އެވެ.

ކްއީން ބޭންޑް އިނގޭ ގިނަ މީހުންނަށް އެންމެ ކަމުދާ އެއް ލަވައަކީ 1975 ވަނަ އަހަރު ރިލީޒް ކުރި އެ ބޭންޑުގެ "ބޯހީމިއަން ރެޕްސޮޑީ" ލަވަ އެވެ. މި ލަވައަކީ ކްއީން ބޭންޑުގެ އިސް ލަވަކިއުންތެރިއާ ފްރެޑީ މާކިއުރީ ލިޔެފައިވާ ލަވައެކެވެ. ފުން އެތައް މާނައެއް އެކުލެވޭ މި ލަވައަކީ އެ ބޭންޑުގެ "އަ ނައިޓް އެޓް ދަ އޮޕެރާ" އަލްބަމްގެ ލަވައެކެވެ.

"ބޯހީމިއަން ރެޕްސޮޑީ" މި ލަވާގައި ތިން ޖޯންރޭ އެއް ހިމެނެ އެވެ. އެއީ ޕްރޮގްރެސިވް ރޮކް، ހާޑް ރޮކް އަދި ޕްރޮގްރެސިވް ޕޮޕް އެވެ.

މިއުޒިކްގެ ގަވާއިދުތައް ހަލާކުކޮށްލި ލަވަ ނުވަތަ "ރޫލް ބްރޭކިން ކްލެސިކް ސޯންގް" ގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ އަދި ގިނަ ރިކޯޑްތަކެއް މުގުރާލާފައިވާ މި ލަވަ ފްރެޑީ މާކިއުރީއާ ގުޅި ލާމެހިފައިވާ ކަމަށް މީހުން ގަބޫލް ކުރެ އެވެ.

"ފްރެޑީގެ ނަފްސު ވަރަށް ބޮޑަށް އެ ލަވައަށް ލާފަ އޮތް ލަވައެއް އެއީ. އަހަރުމެން އެ ލަވަ ހަދަން ވަރަށް ގިނަ ފަހަރު އެއާ މެދު ވިސްނިން. ވިސްނާ ވަރަކަށް އެލަވަ ދިޔައީ އަހަރުމެން ވެސް ހައިރާން ކުރުވަމުން. އޭގަ އެހުރި ބަސްތަކަކީ އަހަރުމެންނާ ވެސް ގުޅުވާފަ ހުރި ބަސްތަކެއްކަން އިނގެނީ ގައްލިލޭއޯ އެ ބަސް ބޭނުން ކޮށްފަ އެ އޮތީ އަހަންނާ ގުޅުވާފަކަން އިނގޭތީ. އަހަންނަކީ އެސްޓްރޮނޮމީއަށް ވަރަށް ލޯބި ކުރާ މީހެއް. ގައްލިލޭއޯ އަކީ މަޝްހޫރު ޓެލެސްކޯޕު ބޭނުންކުރި އެސްޓްރޮނޮމާއަކަށް ކިޔާ ނަން،" ކްއީން ބޭންޑުގައި ފްރެޑީއާއެކު އިސް ލަވަ ކިއުންތެރިއަކަށް އުޅުނު ބްރިއަން މޭ ބުނެފައި ވެއެވެ.

މިއަދާ ހަމައަށް ވެސް ފްރެޑީ މާކިއުރީ އެ ލަވަ ލިޔުނު އަސްލު ސަބަބު އެ ބޭންޑުގެ ދެން ތިބި ފަންނާނުން އެއްވެސް މީހަކާ ހިއްސާކޮށްފައި ނުވާއިރު ބައެއް މީޑިއާތަކުން ހަބަރު ފަތުރާ ގޮތުގައި އެ ލަވަ އޭނާ ހަދާފައި ވަނީ އޭނާގެ ދިރިއުޅުމާއި ގުޅުވާފަ އެވެ.

މި ލަވާގެ އަސްލު މާނަ އިނގޭ ހަމައެކަނި ބަޔަކީ ކްއީން ބޭންޑްގެ ފަންނާނުންނެވެ. އެހެން ނަމަވެސް އެ ބޭންޑުން ވަނީ އެ ލަވާގެ އަސްލާ ބެހޭ ގޮތުން ވާހަކަ ނުދެއްކުމަށް ނިންމާފަ އެވެ.

ފްރެޑީ މާކިއުރީ ވަނީ 1991 ވަނަ އަހަރު އެއިޑްސް ބައްޔަށް ފަރުވާ ކުރަމުން ދަނިކޮށް މަރުވެފަ އެވެ. އެހެންކަމުން އެ ލަވަ އެކަމާ ވެސް މީހުން ގުޅުވަ އެވެ.

"ބޯހީމިއަން ރެޕްސޮޑީ" ދެ ފަހަރަށް ގްރެމީ އެވޯޑް ހޯދާފައި ވާއިރު، މި ލަވައަކީ މިހާރު ވެސް ޕޮޕް ލަވަތަކުގެ ލިސްޓުގެ އެއްވަނާގައި އޮންނަ ލަވައެކެވެ.
ހިޔާލު