Hina ge badhalugai Gauhar Komolika ge role in?
image
ހީނާ އާއި ގޯހަރް--
0 ކޮމެންޓް
 

ހީނާގެ ބަދަލުގައި ގޯހަރު ކޮމޯލިކާގެ ރޯލުން؟

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމޯލިކާގެ ރޯލުން ފެނިގެން ދާނީ އިންޑިއާގެ މަޝްހޫރު ޓީވީ އެކްޓަރެސް ގޯހަރް ހާން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.
މިހާރު ގިނަ ބައެއްގެ މެދުގައި އުފެދިފައިވާ އެއް ސުވާލަކީ ހީނާ ހާންގެ ބަދަލުގައި ކޮމޯލިކާގެ ރޯލުން ފެނިގެން ދާނީ ކާކު ކަމާ މެދު ކުރެވޭ ސުވާލެވެ. އެގޮތުން ދާދި ފަހުން ވަނީ އެ ރޯލުން ޖޭސްމިން ބަސިން ފެނިގެން ދާނެ ކަމަށް ވެސް ބުނެފަ އެވެ.

އަނެއްކާ ވެސް އިތުރު ނަމެއް މިވަނީ އައިސްފަ އެވެ. އެއީ ގޯހަރު އެވެ. އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ގޯހަރު މިހާރު ވަނީ ސްކްރީން ޓެސްޓު ވެސް ކޮށްފަ އެވެ. އަދި ޕްރޮޑަކްޝަން ހައުސް އާ ވެސް އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެކަމާ ބެހޭ ރަސްމީ ކޮމެންޓެއް ލިބިފައެއް ނުވެ އެވެ.

ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިން ކޮމޯލިކާގެ ރޯލުން ހީނާ ހާން ފެނިގެން ދިޔައިރު އެ ޑްރާމާގައި އޭނާ ފެނިގެން ދިޔައީ ނެގެޓިވް ރޯލަކުންނެވެ. ހީނާ މިހާރު އެ ޝޯއިން ވަކިވެފައި ވާއިރު ރިޕޯޓުތައް ބުނާ ގޮތުގައި ހީނާ ހުރީ އެ ޝޯއަށް އަލުން ނިކުންނަށް ތައްޔާރު ވެގެންނެވެ. ނަމަވެސް އެ ހަބަރު ހީނާ ވަނީ ދޮގުކޮށްފަ އެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޮމޯލިކާގެ ރޯލުން ފެނުނީ، އުރްވަޝީ ދޮލާކިއާ އެވެ. ކަސޯޓީގެ ދެވަނަ ބައިގައި ކޮމޯލިކާގެ ރޯލަށް ހީނާ ނެގުމާއެކު ވެސް އުރްވަޝީ ފަދައިން ކޮމޯލިކާގެ ރޯލު ކުޅެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެކަމަކު ޝޯ ފެށުނުތާ މިހާރު ދުވަސްތަކެއް ވެފައި ވާއިރު ހީނާގެ އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.
ހިޔާލު