Haassa ehee ah beynunvaa kujjaku kiyavaa meyzaa eku faahana ah li massala eh balanee
image
ލުކަސް ފާހާނަ ތެރޭގައި--
0 ކޮމެންޓް
 

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖަކު ފާހާނާއަށްލި މައްސަލައެއް ބަލަނީ

ބެލިންގްހަމްގައި ހުންނަ ސުކޫލެއްގައި ހާއްސަ އެހީއަށް ބޭނުންވާ ލޫކަސް ނަމަކަށް ކިޔާ ކުއްޖަކު ކިޔަވާ މޭޒާއެކު ފާހަނައަށްލި މައްސަލައެއް ބަލަން ފަށައިފި އެވެ.
ބޭރުގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑެނިއަލް ގުޑްވިން (ލޫކަސްގެ މަންމަ) ބުނީ ލޫކަސް އަކީ އޯޓިޒަމް ހުންނަ ކުއްޖެއް ކަމަށެވެ. އަދި ލޫކަސް އަކީ ހަމަހިމޭން މާހައުލެއްގައި މަސައްކަތް ކުރަން ބޭނުންވާ ކުއްޖެއް ކަމަށް ވެސް ޑެނިއަލް ވަނީ ބުނެ ފައެވެ.

އެކަމާ ގުޅޭ ގޮތުން ޓީޗަރަކާ ވާހަކަ ދައްކާ "ވަޑްކޮމް މިޑުލް ސުކޫލް" އަށް އޭނާ ގެންދިޔަ ކަމަށް ޑެނިއަލް ބުންޏެވެ. ނަމަވެސް ސުކޫލުން ލުކަސްއަށް ކަންތައް ކުރީ ގަބޫލުކުރަން ދަތި ގޮތަކަށް ކަމަށް ޑެނިއަލް ވަނީ ބުނެފަ އެވެ.

އެގޮތުން އެ ކުލާސް ޓީޗަރު ލުކަސް ގެންދިޔައީ ފާހަނައަށް ކަމަށާއި ފާހަނަ ތަށި ކުރިމަތީގައި ލުކަސްގެ މޭޒެ ބަހައްޓާ އެތަނުގައި ކިޔެވުމަށް ޓީޗަރު ބުނެފައިވާ ކަމަށް ޑެނިއަލް ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ލުކަސް އޮންނަން ކޭމްޕިން މެޓެއް ވެސް ޓީޗަރު ދީފައިވާ ކަމަށް ޑެނިއަލް ވަނީ ބުނެފަ އެވެ.

އެ މަންޒަރު ޑެނިއަލްއަށް ފެނިފައި އޭނާއަށް ލިބުނީ ޝޮކެކެވެ. އަދި ލުކަސްއަށް އެ ސުކޫލުގައި ހަމަހިމޭން ތަނެއްގައި ކިޔެވުމަށް އިތުރު ގޮތެއް ނެތްތޯ އޭނާ ވަނީ ސުވާލުކޮށްފަ އެވެ. ޓީޗަރު ވަނީ އިތުރު ގޮތެއް ނެތް ކަމަށް ބުނެފަ އެވެ.
ސްކޫލް
ހިޔާލު