Haalugai jehunu meehunanh ehee hoadhumah haassa account eh
image
ހާލުގައި ޖެހުނު މީހުން ވަގުތީ ހިޔާގައި-- ފޮޓޯ: އަވަސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށް ހާއްސަ އެކައުންޓެއް

ހުކުރު ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިއްޔެ ބޭންކް އެކައުންޓެއް ހުޅުވައިފި އެވެ.
"މާލެ ފަޔާ ރިލީފް އެކައުންޓް" ގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގައި) ހުޅުވާފައިވާ އެކައުންޓުގެ ނަމްބަރަކީ 7730000284246 އެވެ.

އެންޑީއެމްއޭ އިން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ އެ އެކައުންޓަކީ ހާލުގައި ޖެހުނު މީހުންނަށް އެހީ ހޯދުމަށް ހުޅުވާފައިވާ އެކައުންޓެއް ކަމަށެވެ. އަދި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ދޭން ބޭނުންވާ މީހުން އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް އެދޭ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

އެ ހާދިސާގައި ހަތް ގެޔަކާއި ހަތަރު ގުދަނެއް އަނދާފައިވެއެވެ. ޖުމްލަ 400 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނު އިރު އެމީހުންނަށް މިހާރު ވަނީ ވަގުތީ ހިޔާ ފޯރުކޮށްދީފަ އެވެ.

ހާލުގައި ޖެހުނު މީހުންނަށް ވަރަށް ގިނަ ބަޔަކު ވަނީ އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ހިޔާލު