Gina bayehge samaalu kan mi kujjaa ah!
image
ވީޑިއޯގެ ސްކްރީން ޝޮޓްތަކެއް--
0 ކޮމެންޓް
 

ގިނަ ބައެއްގެ ސަމާލުކަން މި ކުއްޖާ އަށް!

ސޯޝަލް މީޑިއާއަކީ އަބަދުވެސް ތަފާތު ވީޑިއޯތަކާއި ފޮޓޯތައް ދަތުރުވަމުން އަންނަ ޕްލެޓްފޯމެކެވެ. އާންމު ގޮތެއްގައި ސޯޝަލް މީޑިއާގައި ދައުރުވާ އެފަދަ ވީޑިއޯ އަދި ފޮޓޯތަކަކީ ގިނަ ބަޔަކަށް ކަމުދާ އެއްޗަކަށް ވެސް ވެއެވެ. އެގޮތުން މިހަފްތާގައި ގިނަ ބައެއްގެ ލޯތައް އަމާޒުވި އެއް ވީޑިއޯއަކީ ކުޑަ އަންހެން ކުއްޖެއްގެ ވީޑިއޯ އެކެވެ.


އެ ވީޑިއޯއިން އިސްތަށިގަނޑު ބުޅި، ކުޑަ އަންހެން ކުއްޖަކު ލަވައަކަށް ބޯ ހަލުވާ މަންޒަރު ފެނިގެންދެ އެވެ. ގިނަ ބަޔަކަށް އެ ވީޑިއޯ ކަމުގޮސްފައި ވާއިރު ވީޑިއޯގައި އެ ފެންނަ ކުއްޖާ ވަރަށް ލޯބި ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެ ވީޑިއޯ ހިއްސާކޮށްފައި ވަނީ "ޔޯ ކްރަޝް" ކިޔާ ފޭޖަކުންނެވެ. ގިނަ ބަޔަކު އެއީ ކޮން ކުއްޖެއްތޯ ހޯދަމުން އަންނައިރު އެ ކުއްޖާ އަކީ ކޮން ގައުމެއްގެ އަދި ކޮން ނަމެއް ކިޔާ ކުއްޖެއް ކަމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.
ކުޑަކުދިން ފޭޑި
ހިޔާލު