6 vana faharah FIFA ge molhu kulhun theriyaage magaamu Messi hoadhaifi
image
ލިއޮނަލް މެސީ--
މިއުނާ ހަސަން
0 ކޮމެންޓް
 

ހަވަނަ ފަހަރަށް ފީފާގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ހޯދައިފި

ފީފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހަވަނަ ފަހަރަށް ލިއޮނަލް މެސީ ހޯދައިފި އެވެ.
އިޓަލީގެ މިލާނުގައި ރޭ އޮތް ފީފާ އެވޯޑް ހަފުލާގައި ބާސެލޯނާ އަދި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ އިތުރުން އެންމެެ މޮޅު ކުޅުންތެރިޔާގެ އެވޯޑަށް ވާދަ ކޮށްފައި ވަނީ ޔޫއެފާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ލިވަޕޫލްގެ ޑިފެންޑާ ވާޖިލް ވެންޑައިކް އާއި ޕޯޗުގަލް އަދި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

އުމުރުން 32 އަހަރުގެ މެސީ ވަނީ 2009، 2010، 2011، 2012 އަދި 2015 ވަނަ އަހަރު ފީފާއިން ހޮވާ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފަ އެވެ.

ފީފާއިން ދޭ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑާއި ފްރާންސް ބެލޮންޑިއޯ އެވޯޑް އެއްކޮށްލައިގެން 2010 ވަނަ އަހަރުން ފެެށިގެން 2015 ވަނަ އަހަރާ ހަމައަށް މޮޅު ކުޅުންތެރިއާގެ އެވޯޑް ދީފައިވާއިރު، ފީފާ ބެސްޓް އެވޯޑް ދޭން ފެށީ 2016 ވަނަ އަހަރު އެވެ.

އެހެންކަމުން އެ ނަމުގައި މޮޅު ކުޅުންތެރިޔާގެ އެވޯޑް ދޭން ފެށި ފަހުން މެސީއަށް އެ އެވޯޑް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.

ރޭ ބޭއްވި ފީފާ އެވޯޑް ހަފުލާގައި ފީފާއިން ދޭ އެންމެ މޮޅު އަންހެން ކުޅުންތެރިއާގެ މަގާމު ހޯދީ، އެމެރިކާގެ ތަރި މޭގަން ރެޕިނޯ އެވެ. އޭނާ ވަނީ ނިމިގެން ދިޔަ އަންހެން ވޯލްޑްކަޕް އެމެރިކާއިން ކާމިޔާބު ކުރުމުގައި ބޮޑު ދައުރެއް އަދާކޮށްފަ އެވެ.
މެސީ
ހިޔާލު