LaLiga ge dhevana ah Real Madrid jehilaifi
image
ރިއަލް މެޑްރިޑް--
މިއުނާ ހަސަން
0 ކޮމެންޓް
 

ލަލީގާގެ ދެވަނައަށް ރިއަލް މެޑްރިޑް ޖެހިލައިފި

ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ރިއަލް މެޑްރިޑް ތާވަލުގެ ދެވަނައަށް ޖެހިލައިފި އެވެ.
ރިއަލް މެޑްރިޑުން މެޗު ކާމިޔާބު ކުރީ ސެވިއްޔާއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު ރެއާލުން ވަނީ ވަރުގަދަ ހަމަލާތަކެއް ސެވިއްޔާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފަ އެވެ.

މެޗުގައި ސެވިއްޔާގެ ފަރާތުން ރަނގަޅު ޑިފެންސެއް ފެނިގެން ދިޔައިރު، ރެއާލްގެ ފަހަތަށް ބާރު ބޮޑުކޮށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް އެ ޓީމުން ވަނީ ހޯދާފަ އެވެ. އެހެން ނަމަވެސް މާ އެދެވޭ ނަތީޖާއެއް ވަނީ ނެރެވޭ ގޮތް ނުވެފަ އެވެ.

ފުރަތަމަ ހާފްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ރިއާލްއަށް ލިބި ވަނީ ބޭކާރުވެފަ އެވެ.

ރިއާލްގެ ގިނަ ހަމަލާތަށް ސެވިއްޔާގެ ޑިފެންޑަރުން ހުއްޓުވިއިރު، ގޯލާއި އަމާޒުކޮޑް ފޮނުވާލި ހަމަލާތައް ސެވިއްޔާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއަކުން ދެ ޓީމް އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ރިއާލްއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރުމަށް ގިނަ މަސައްކަތްތަކެއް ކުރި އެވެ.

ރިއަލްގެ ކުޅުން ރަނގަޅުކޮށް ވަރުގަދަ ހަމަލާތަކެއް އުފެއްދުމުގެ ނަތީޖާއަކަށް ވީ މެޗުގެ 64 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ރިއާލްއަށް ލީޑް ނަގައި ދިނުމެވެ.

ބެންޒެމާގެ ލަނޑަށް ފަހުގައިވެސް ރިއާލުން ވަނީ ލީޑް ފުޅާކުރާނެ ރަނގަޅު ފުރުސަތުތަކެއް ހޯދާފައެވެ. އެހެންނަމަވެސް މާއެދެވޭ ނަތީޖާއެއް އެ ޓީމަށް ނެރެވިފައެއް ނުވެއެވެ.

މެޗުން މޮޅުވުމާއެކު ރިއާލްއަށް ވަނީ ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދާފައެވެ. މި ނަތީޖާއާއި އެކު ރިއާލް ލަލީގާގެ ދެވަނާގައި އޮތީ އެއްވަނާގައި އޮތް އެތުލެޓިކް ކްލަބާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ފައިދާ ގޯލުގެ ތަފާތުންނެވެ.
ރިއަލް މެޑްރިޑް
ހިޔާލު