Dhaulathuge dharani 50.9 billion Rufiyaa ah araifi
image
އެމްއެމްއޭ--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ދައުލަތުގެ ދަރަނި 50.9 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތު ދަރަނި މިއަހަރުގެ ޖޫން މަހާއި ހަމައަށް 50.9 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި ކުއާޓާލީ އިކޮނޮމިކް ބުލެޓިން އިން ދައްކާ ގޮތުން މިދިޔަ އަހަރު ޑިސެމްބަރު މަހުން ފެށިގެން މިއަހަރުގެ ޖޫން މަހާއި ހަމައަށް ދައުލަތުގެ ދަރަނި ވަނީ 2.9 ބިލިއަނަށް މައްޗަށް ގޮސްފަ އެވެ.

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ދައުލަތުގެ ދަރަނި އަކީ 48 ބިލިއަނެވެ.

ދައުލަތުގެ ދަރަނީގެ ބޮޑު ބައި ހިއްސާކު ރަނީ އެތެރޭގެ ދަރަނި ކަމުގައި ވާއިރު 50 ބިލިއަނުގެ ތެރެއިން 29.7 ބިލިއަން ރުފިޔާ އަކީ އެތެރޭގެ ދަރަންޏެވެ. ބޭރުގެ ދަރަނި ހުރީ 21.3 ބިލިއަން ރުފިޔާ ގައެވެ.

އެތެރޭގެ ދަރަނީގެ ބޮޑު ބައެއް ހިއްސާ ކުރަނީ ޓްރެޝަރީ ބިލްތަކާއި ޓްރެޝަރީ ބޮންޑެވެ.

ޓްރެޝަރީ ބިލާއި ބޮންޑުތައް ވިއްކައިގެން ސަރުކާރަށް ފައިސާ ހޯދާފައި ވާއިރު ބޭންކުތަކަށް ވަނީ 1.1 ބިލިއަން ރުފިޔާ ވިއްކާފަ އެވެ.

މާލީ އެހެން އިދާރާތަކަށް ބިލާއި ބޮންޑުތައް ވިއްކާފައި ވަނީ 819 މިލިއަން ރުފިޔާ ގައެވެ. މިިދިޔަ ހަ މަސް ދުވަސް ތެރޭގައި ރާއްޖެއިން ވަނީ 733.5 މިލިއަން ރުުފިޔާގެ ލޯނު ނަގާފަ އެވެ.
ދަރަނި އެމްއެމްއޭ
ހިޔާލު