Konme 2 gadi irun hurihaa kameh hadhaan nethey kujjeh!
image
ފާތުމަތު ނަޒުފާ އިރުޝާދު
1 ކޮމެންޓް
 

ކޮންމެ ދެ ގަޑިއިރުން ހުރިހާ ކަމެއް ހަނދާން ނެތޭ ކުއްޖެއް!

އިލިނޮއިސް އަށް އުފަން އުމުރުން 16 އަހަރުގެ ރިލޭ ހޯނާއަކީ ސިކުނޑިއަށް ލިބުނު ޒަހަމްތަކަކަށް ފަހު ދެ ގަޑިއިރުން ދެ ގަޑިއިރުން ހުރިހާ ހަނދާންތައް ދާ ކުއްޖެކެވެ.
ކޮންމެ ދުވަހަކު ވެސް އޭނާ އަށް ހޭލެވެނީ އެއީ ޖޫން 11 ކަމަށް ހީކޮށެވެ. އެއީ އޭނާ ހަޔާތް ބަދަލުވި ދުވަހަށް ވާތި އެވެ.

ޖޫން 11 ވަނަ ދުވަހު ނެށުމުގެ މުބާރާތެއްގައި ހިނގި ހާދިސާއެއްގެ ސަބަބުން އޭނާގެ ބޮލަށް ލިބުނު އަނިޔާތަކާއި ގުޅިގެން އެ ދުވަހުގެ ކުރިންނާއި އެ ދުވަހުގެ ފަހުގެ އެއްވެސް ހަނދާނެއް ނެތެވެ.

"ކޮންމެ ދުވަހަކު ވެސް އޮޅުންބޮޅުން އަރާފަ ހުންނަނީ. ހަނދާން ކުރަން މަސައްކަތް ކުރަން،" ރިލޭ ބުންޏެވެ.

ހުނަރުވެރި އެތްލީޓެއް ކަމަށްވާ ރިލޭ މިހާރު ދިރިއުޅެނީ ހުރިހާ ވަގުތެއްގައި ފޮޓޯތަކާއި ހުރިހާ ކަމެއް ނޯޓު ކޮށްގެންނެވެ. އަދި ދެ ގަޑިއިރުން އެއްޗެހި ހަނދާން ނެތޭތީ ދެ ގަޑި އިރުވުމުން އިނގޭނެ ގޮތަށް ފޯނު ވެސް އެލާމަށް ލައިގެންނެވެ.

ދެ ގަޑި އިރުވުމުން ހުރިހާ އެއްޗެހި ހަނދާން ނެތި، ހަނދާންތައް އާ ކުރަން ނޯޓުތައް އަލުން ބަލަ އެވެ.

ކޮން ދުވަހެއްކަން އޭނާ އަށް އިނގެނީ ކަލަންޑަރަށް ބެލުމުންނެވެ. ޑޮކްޓަރުން ބުނީ އޭނާ މުޅި އުމުރަށް އުޅެން ޖެހޭނީ އެހާލުގައި ކަމަށެވެ.
މީހުން
ހިޔާލު

ހާމީ

ހާދަ ދެރައޭ... ):