Apple Watch ge sababun meehehge furaana salaamaiy vehje
image
0 ކޮމެންޓް
 

އެޕަލް ވޮޗެއްގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތް ވެއްޖެ

ބައިކިން އެކްސިޑެންޓެއްގައި އަނިޔާވި މީހެއްގެ ފުރާނަ ސަލާމަތްވީ އޭނާގެ އަތުގައި އަޅާފައި އޮތް އެޕަލް ވޮޗްގެ ސަބަބުން ކަމަށް އެމީހާގެ ދަރިފުޅު ބުނެފި އެވެ.
ގޭބް ބާޑެޓް ނަމަކަށް ކިޔާ މީހަކު ބުނީ އޭނާގެ ބައްޕަ، ބޮބްއާއެކު މައުންޓެއިން ބައިކަށް ދިއުމަށް މަޑުކޮށްލައިގެން ހުއްޓާ ބައްޕަގެ އެޕަލް ވޮޗުން ޓެކްސްޓް އެލާޓެއް އައި ކަމަށެވެ. އަދި އޭގައި ވަނީ "ހާޑް ފޯލް" ކަމަށް ބުންޏެވެ. އަދި އެ މެސެޖާއެކު ބައްޕަ ހުރި ސީދާ ލޮކޭޝަން ވެސް އޭނާއަށް ލިބިގެން ދިޔަ އެވެ.

އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ވެސް އޭނާގެ ބައްޕަ އެހެން ސަރަހައްދަކަށް ދިޔަ ކަމުގެ މައުލޫމާތު އޭނާއަށް ލިބުނެވެ. އެގޮތުން ލިބެމުން އައި އަޕްޑޭޓުތަކާއެކު ބައްޕައާ ހިސާބަށް ދެވުނު ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ވޮޗުން ވަނީ އެމްބިއުލާންސް ނަމްބަރަށް ވެސް ލޮކޭޝަނާއެކު މެސެޖެއް ފޮނުވާފަ އެވެ. އެއާއެކު އެމްބިއުލާންސް އެތަނަށް އައިސް އެމީހާއަށް ސިއްހީ ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.

އެހެންވެ އޭނާ ވަނީ ބައްޕަގެ އަތުގައި އެޕަލް ވޮޗެއް އޮތީ ނަސީބަކުން ކަމަށް ވެސް ބުނެފަ އެވެ.

މީގެ ކުރިން ވެސް އެޕަލް ވޮޗްގެ ސަބަބުން މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ވާހަކަތައް ސޯޝަލް މީޑިއާއަށް ހިއްސާކޮށްފައި ވެއެވެ.

އެގޮތުން ވެއްޓިގެން އަނިޔާވުމާއި މީހުން ހިތުގެ ވިންދު ދައްވުމުގެ ސަބަބުން އަންނަ އެލާޓްތަކުގެ ސަބަބުން ފުރާނަ ސަލާމަތް ކުރެވިފައިވާ ވާހަކަތައް ވެސް ހިމެނެ އެވެ.
އެޕަލް
ހިޔާލު