Demi Moore ge hiy dhathi maazee: Mamma aharen vikkaalan ulhunu!
image
ޑެމީ މުއާ--
0 ކޮމެންޓް
 

ޑެމީ މުއާގެ ހިތްދަތި މާޒީ: މަންމަ އަހަރެން ވިއްކާލަން އުޅުނު

އުމުރުން ފަނަރަ އަހަރުގައި، އޭނާގެ މަންމަ، އޭނާ ރޭޕްކުރުމަށް މީހެއްގެ އަތުން ފައިސާ އަތުލި ކަމަށް ހޮލީވުޑްގެ މަޝްހޫރު ތަރި ޑެމީ މުއާ ބުނެފި އެވެ.
މަސްތުވާތަކެތި ބޭނުން ކުރާ މަންމަ އޭނާ ވިއްކާލާފައި ވަނީ 500 ޑޮލަރަށް ކަމަށް، މިހާރު 56 އަހަރުގެ ޑެމީ މުއާ ބުނީ އޭނާގެ ހަޔާތުގެ މައްޗައް ލިޔެފައިވާ ފޮތެއްގަ އެވެ.

މި ފޮތުގައި އޭނާގެ ހަޔާތުގެ ހިތި ތަޖުރިބާތައް ވަރަށް ތަފްސީލުކޮށް ގެނެސްދީފައި ވެއެވެ. ޑެމީ ބުނި ގޮތުގައި އުމުރުން އެންމެ 15 އަހަރުގައި އޭނާގެ އަމިއްލަ މަންމަ އޭނާ ގޮޮވައިގެން ބާތަކަށް ގޮސް ފިރިހެނުންގެ ސަމާލުކަން ހޯދުމަށް މަސައްކަތް ކުރުވި އެވެ.

އަދި އެއްރެއަކު މީހެއްގެ އަތުން ލާރި ނަގައިގެން ގޭގެ ތަޅުދަނޑި ދީފައި އޭނާ ރޭޕް ކުރުމަށް މަގުފަހިކުރުވި އެވެ. މީގެ އިތުރުން އޭނާގެ މަންމަ އެތައް ފަހަރެއްގެ މަތިން އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށް ވެސް ޑެމީގެ ފޮތުގައި ލިޔެފައި ވެއެވެ.

ހިތި މާޒީއަކުން ކާމިޔާބީއަށް ވާސިލްވި ގޮތް މި ފޮތުގައި ޑެމީ ކިޔައިދީފައި ވެއެވެ.

ޑެމީ އަކީ އެތަކެއް ހިޓް ފިލްމެއް ކުޅެފައިވާ، ހޮލީވުޑްގެ އެންމެ ކާމިޔާބު އެންމެ އަގު ބޮޑު، އަދި އެހާމެ ރީތި އެއް ތަރި ވެސް މެއެވެ.
ހޮލީވުޑް
ހިޔާލު