Raajjeyge igthisaadhee kuri erun dhashah hingajje
image
ފަތުރުވެރިން ރާއްޖޭގައި-- ފޮޓޯ: ސްމައިލް މޯލްޑިވްސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ރާއްޖޭގެ އިގްތސާދީ ކުރިއެރުން ދަށަށް ހިނގައްޖެ

މިއަހަރުގެ ފުރަތަމަ ދެ ކުއާޓަރުގައި ރާއްޖޭގެ އިގްތިސާދު ކުރިއަރާފައި ވަނީ 3.1 އިންސައްތަ އަށް ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޕޯޓަކުން ދައްކައިފި އެވެ.
އެމްއެމްއޭ އިން އާންމު ކުރި ކުއާޓާލީ އިކޮނޮމިކް ބުލެޓިން ގައިވާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަހާއި އަޅާ ބަލާއިރު އިގްތިސާދު މި ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.

މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖޭގެ އިގްތިސާދީ ދުވެލި ހުރީ 4.7 އިންސައްތައި ގައެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު ރާއްޖޭގެ އިގްތިސާދު ތިން އިންސައްތަ ކުރިޔަށް ދިޔަ ނަމަވެސް މި އަހަރު ނިމޭއިރު ލަފާ ކުރެވެނީ 5.4 އިންސައްތައިގެ ކުރި އެރުމެއް ލިބޭނެ ކަމަށެވެ.

އިގްތިސާދީ ދުވެލި ދަށްވެފައި ވާއިރު އިމާރާތް ކުރުމުގެ ދާއިރާއަށާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ވެސް ވަނީ ދަށަށް ގޮސްފަ އެވެ.

ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ އިގްތިސާދު ދަށްވެފައި ވަނީ ކުރިން ފަސް އަހަރުގެ ތެރޭގައި އިމާރާތް ކުރުމުގެ ދާއިރާ އަށް އައި ކުރިއެރުން މަޑު ޖެހިލުމުން ކަމުގަ އެވެ.

ފަތުރުވެރިކަމުގެ ދާއިރާ އެހެން އަހަރުތަކަށް ވުރެ ކުރި އަރަމުން ދާއިރު މި އަހަރު ނިމޭއިރު އެ ސިނާއަތް 18 ޕަސެންޓަށް ކުރި އަރާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
ހިޔާލު