Komolika ge role in Hina nufennanekan Ekta kashavarukohdheefi
image
ހީނާ އާއި އެކްތާ---
0 ކޮމެންޓް
 

ކޮމޯލިކާގެ ރޯލުން ހީނާ ނުފެންނާނެކަން އެކްތާ ކަށަވަރުކޮށްދީފި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގައި ކޮމޯލިކާގެ ރޯލުން ހީނާ ހާން ދެން ނުފެންދާނެ ކަން އެޝޯގެ ޕްރޮޑިއުސަރު އެކްތާ ކަޕޫރު ކަށަވަރުކޮށްދީފިއެވެ.
އެކްތާ އިއްޔެ ކުރި ޓުވީޓެއްގައި ވަނީ ބެލުންތެރިން އިތުރަށް ހިތްތަޅުވާލާފައެވެ. އެޓުވީޓުގައި އޭނާ ވަނީ އާ ކޮމޮލިކާ އެއް ފެންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކާކު ކަން އޭނާ ހާމައެއް ނުކުރެއެވެ.


ގިނަ ބަޔަކު އެ ޓުވީޓާ މެދު ނުރުހުން ފާޅުކޮށްފައިވާއިރު ހީނާ ނޫން ދެވަނަ މީހަކު އެރޯލުން ފެންނަން ބޭނުން ނުވާ ކަމަށާއި ހީނާ އަނބުރާ ގެނައުމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދޭ ސުވާލު ހީނާގެ ބަދަލުގައި ފެނިގެންދާނީ ކޮން ފަންނާނެއްތޯ އެވެ. މީގެ ކުރިން ބައެއް ނޫސްތަކުން އަޑު ފެތުރި ގޮތުގައި ކޯމޮލިކާގެ ރޯލުން ދެން ފެންނާނީ "ޔޭ ހޭ މޮހައްބަތޭއިން" ގައި ޝަގުންގެ ރޯލުން ފެނިގެންދާ އަނީތާ ހަސަންއާންދާނީ ނުވަތަ "އިޝްގް މެއިން މަރްޖާވާން"ގެ ތަރި އާލިޝާ ޕަންވަރެވެ.

އޭގެ އިތުރުން "އޭކް ހަޒާރޯން މޭ މޭރީ ބެހެނާ ހޭ"ގައި ޖިވީކާގެ ރޯލުން ފެނިގެން ދިޔަ ކްރިސްޓަލް ޑި ސޫޒާ ނުވަތަ ޖޭސްމިން ބަސިން އަދި ގޯހަރު ހާންގެ ތެރެއިން ފަންނާނެއް ފެނިގެން ދާނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

ދެހާސް އެއްވަނަ އަހަރު އެންމެ ފުރަތަމަ ކަސޯޓީ ދައްކަން ފެށިއިރު އެޝޯގައި ކޮމޯލިކާގެ ރޯލުން ފެނުނީ، އުރްވަޝީ ދޮލާކިއާ އެވެ. ކަސޯޓީގެ ދެވަނަ ބައިގައި ކޮމޯލިކާގެ ރޯލަށް ހީނާ ނެގުމާއެކު ވެސް އުރްވަޝީ ފަދައިން ކޮމޯލިކާގެ ރޯލު ކުޅެވޭނެތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ. އެކަމަކު ޝޯ ފެށުނުތާ މިހާރު ދުވަސްތަކެއް ވެފައި ވާއިރު ހީނާގެ އެކްޓިން ގިނަ ބަޔަކަށް ވަނީ ކަމުގޮސްފަ އެވެ.

ހީނާ މިހާރު އެ ޝޯއިން ވަކިވެފައި ވާއިރު ރިޕޯޓުތައް ބުނާ ގޮތުގައި ހީނާ އެޝޯއިން ވަކިވެފައިވަނީ ފިލްމެއްގައި މަސައްކަތް ކުރުމަށެވެ.
ހިޔާލު