COVERAGE: Yameeng ge shareeathuge adu ehumeh fashaifi
image
ކުރިން ބޭއްވި އަޑުއެހުމެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން--
3 ކޮމެންޓް
 

ޔާމީނުގެ ޝަރީއަތުގައި ހުލާސާ ބަޔާން އިއްވުން އޮކްޓޯބަރު 10 ގައި

ލައިވް ކަވަރޭޖް
12:55
25/09/2019
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު
12:54
25/09/2019
ހުލާސާ ބަޔާން އިއްވުމަށް އިތުރު އަޑުއެހުމެއް އޮކްޓޯބަރު މަހުގެ ތެރޭގައި ބާއްވާނެ ކަން ވެސް އިއުލާން ކުރެއްވި
12:54
25/09/2019
އަޑުއެހުން ނިންމާލަމުން ގާޒީ ހައިލަމް ވިދާޅުވީ ދެން އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށް
12:53
25/09/2019
ޝަރީއަތުގެ އަޑުއެހުން ނިންމާލައިފި
12:53
25/09/2019
އޭގެ އިތުރުން މިއީ މަނީ ލޯންޑަރިން ދައުވާ އުފުލޭވަރުގެ މައްސަލައެއްކަން ސާބިތުކޮށްދެވޭ ވަރަށް ދައުލަތަށް ހެކި ހުށަހެޅިފައި ނުވާ ކަމަށް ވިދާޅުވި
12:52
25/09/2019
ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ނިޔަތް ރަނގަޅުކަން ވަރަށް ސާފު ކަމަށާއި، އެ ފައިސާއަކީ ހިޔާނާތުގެ ފައިސާކަން ނުވެސް އެނގޭ ކަމަށް
12:51
25/09/2019
ޔާމީނު ވަނީ މި އަޑުއެހުމުގައި ވަރަށް ދިގުކޮށް ވާހަކަދައްކަވާފައި
12:51
25/09/2019
ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ޝަފަވީ އަދި ކިތާބީ ހެކިތަކަށް ދައުވާ ލިބޭ ފަރާތުން އިންކާރުކޮށްފައި ވާތީ، އެ ހެކިތަކުގެ މިންވަރަށް ބަލާއިރު، އެއީ ކުށް ސާބިތުކުރުމަށް އެކަށީގެންވާ މިންވަރެއް ނޫން ކަމަށް ޝަރީއަތުން ކަނޑައަޅައި ދިނުމަށް އެދިއްޖެ.
11:55
25/09/2019
ދިފާއުން ބުނީ ދައުލަތުގެ ހެކިން ކަމަށްވާ އަދީބާއި ޒިޔަތަކީ ޖިނާއީ ކުށް ސާބިތުވެފައިވާ ފަރާތްތައް ކަމުން އެ ފަރާތްތަކުގެ ހެކިބަސް ބަލައިނުގަނެވޭނެ ކަމަށް
11:54
25/09/2019
ދިފާއުން ތުހުމަތު ކުރާ ގޮތުގައި އެކައުންޓަށް ޖަމާ ކުރި ފައިސާއަކީ ހިޔާނާތުގެ ފައިސާކަން އޭސީސީން ނިންމާފައި ނުވާއިރު، އެފަދަ ދައުވާއެއް ކުރުމަކީ އޭސީސީގެ ތަހުގީގަށް ނުފޫޒު ފޯރުވުމުގެ އަމަލެއް
11:36
25/09/2019
ދިފާއުން އިތުރަށް ބުނީ އެސްކްރޯ އެކައުންޓެއްގައި ފައިސާ ބަހައްޓަން ހުށަހެޅީ ޔާމީން ކަމުން، އެކަމުން އެމަނިކުފާނުގެ ނިޔަތް ރަނގަޅުކަން ސާފުވާ ކަމަށް
11:29
25/09/2019
ދިފާއުން ބުނެފައި ވަނީ މައްސަލަ ސާބިތު ކުރެވޭނެ ވަރުގެ އެއްވެސް އެއްޗެއް ދައުލަތުން ހުށަހަޅާފައި ނުވާ ކަމަށް
11:21
25/09/2019
އޭގެ އިތުރުން އެސްއޯއެފުން ކުރި ހުރިހާ މުއާމަލާތްތަކަކީ ގާނޫނާ ހިލާފު މުއާމަލާތް ކަމަށް އެއްވެސް ކޯޓަކުން ކަނޑައަޅާފައި ނުވާކަން ވަނީ ފާހަގަކޮށްފައި
11:20
25/09/2019
ސިވިލް ކޯޓުގެ ހުކުމަކަށް ރިއާޔަތްކޮށް ދިފާއުން ބުނީ އެސްއޯއެފް އާއި އެމްއެމްޕީއާރްސީއާ ދެމެދު ސައްހަ 10 މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގާފައިވާކަން އެނގޭ ކަމަށް
11:18
25/09/2019
ދިފާއީ ހެކީގެ ގޮތުގައި ހުށަހަޅާފައި ވަނީ އެމްއެމްއޭގެ ބަޔާނެއް
10:50
25/09/2019
ދިފާއުގައި ކިތާބީ ހެކި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
10:50
25/09/2019
އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ
10:50
25/09/2019
ޔާމީންގެ މައްޗަށް މަނީ ލޯންޑާ ކުރުމުގެ ދައުވާ ކޮށްފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ ފައިސާ ޖަމާވި އެސްއޯއެފް ކުންފުނީގެ އެކައުންޓަކުން އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަ ފޮނުވި އެއް މިލިއަން ޑޮލަރުން މަންފާ ހޯދައި، މަނީ ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި
10:49
25/09/2019
ޔާމީނުގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން ޖަމާކުރި ފައިސާއަކީ އެމްއެމްޕީއާރްސީގެ ފައިސާކަން ސާބިތުކުރުމަށް އެކަމާ ގުޅޭ އޮޑިޓް ރިޕޯޓު ވެސް ހުށަހަޅައިފި
10:44
25/09/2019
ކިތާބީ ހެކީގެ ގޮތުގައި ޔާމީން ފުލުހުންނަށް ދެއްވާފައިވާ ބަޔާނާއި، އެއް މިލިއަން ޑޮލަރު ބަހައްޓަން އެކްސްކްރޯ އެކައުންޓް ހުޅުވަން އޭސީސީ އާއި ރައީސް ޔާމީނާ ދެމެދު ހަދާފައިވާ އެއްބަސްވުން ހިމެނޭ
10:43
25/09/2019
ކިތާބީ ހެކި ހުށަހަޅަމުން ދަނީ ދައުލަތުގެ ފަރާތުން ސީނިއާ ޕަބްލިކް ޕްރޮސެކިއުޓާ އައިޝަތު މުހައްމަދު
10:43
25/09/2019
މިހާރު ދަނީ ދައުލަތުގެ ފަރާތުން ކިތާބީ ހެކި ހުށަހަޅަމުން
10:33
25/09/2019
ގާޒީ ހައިލަމް ނިންމެވީ ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގެ ރިކޯޑިން ބެލުމަށް
10:28
25/09/2019
މިހާރު ކޯޓުގައި މަޝްވަރާ ކުރަމުން ދަނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގެ ވީޑިއޯ ހެކީގެ ގޮތުގައި ކޯޓުގައި ދެއްކުމާ މެދު ކުރެވޭ މަޝްވަރާ
10:27
25/09/2019
އެއާއެކު ގާޒީ ހައިލަމް ނިންމެވީ ކޯޓަށް ހާޒިރުވުމުގެ ޗިޓު އަޒީމާއަށް އިތުރަށް ނުފޮނުވުމަށާއި، ހެއްކެއްގެ ގޮތުގައި އަޒިމާ ކޯޓަށް ހާޒިރު ނުކުރެއްވުމަށް
10:26
25/09/2019
ކުރީގެ ގަވަރުނަރު އަޒީމާއަށް ކޯޓަށް ހާޒިރުވެވެން ނެތީ ރާއްޖެއިން ބޭރުގައި ވަޒީފާ އަދާ ކުރަމުން ދާތީ ކަމަށް ބަޔާން ކުރާ ސިޓީއެއް ކޯޓަށް ވަނީ ފޮނުއްވާފައި
10:25
25/09/2019
އަޑުއެހުން ފައްޓަވަމުން ގާޒީ އަހްމަދު ހައިލަމް ވިދާޅުވީ ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވާ އަޒީމާ އާދަމަށް ހާޒިރުވެވެން ނެތް ކަމަށް އަންގަވާފައިވާ ކަމަށް
10:25
25/09/2019
މިއަދުގެ ޝަރީއަތުގެ އަޑުއެހުމުގައި އޮތީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމާއި، ވީޑިއޯ ބަޔާނެއް ހެކީގެ ގޮތުގައި ކޯޓު ރޫމުގައި ދެއްކުމާ މެދު ގޮތެއް ނިންމުމުގެ މައްސަލަ
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީއަތުގެ އަޑުއެހުން ފަށައިފި އެވެ.
ހިޔާލު

ސައްލި

އަދީބު ފާތުމައަށް ދިން ކާރާ އަގޮޓީ ކީއްވެ ޤަބޫލު ކުރީ.ކޮންތާކުން ހޯދި ލާރިއަކަށް ބިން ގަތީ.

ޑިމޮކްރަސީ

މިފަސްއަހަރު ދުވަސްދާނީ ތިހެން ތިފައިސާ ނެދި އެނެމްހެން ތިބެނީ އެފައިސާގަ އުދުހެން ރައްޔިތުންގެ ފައިސާދެމެން އޮތްގަޮަތަކަށް ދަމައިގެން މިނިވަންކަމުގަ އުޅެންވީ މީ މިޤަވްމުގެ ސަގާފަތް މިކަމެއް ދުވަހަކުވެސް ބަދަލެއްނުކުރެވޭނެ/ ބަދަލުނުވެސް ކުރާނެ

ގާސިމް އިބުރާހީމް

ޔާމީނު ނުކުރޭއެއްވެސްކަމެއް އޭނަޔައްމާފުދީފަ ފޮނުވާލަ އަންނަރީޔާސީއިންތިހާބައް ކުރިމަތިލެވޭގޮތައް އެއިރުން ދެންހުރިއެތިކޮޅުވެސް ކާލާނެ އެއިރުންމިކަން ނިމުނީނުން