Luthfee dhin bayaanuge video balan ninmaifi
image
ގާޒީ އަހްމަދު ހައިލަމް-- ފޮޓޯ: ޕީއެސްއެމް ނިއުސް
0 ކޮމެންޓް
 

ލުތުފީ ދިން ބަޔާނުގެ ވީޑިއޯ ބަލަން ނިންމައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ ތަހުގީގަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ކުރީގެ ރައީސް ހަސަން ލުތުފީ ފުލުހުންނަށް ދެއްވި ބަޔާނުގެ ވީޑިއޯ ބަލަން ގާޒީ ނިންމަވައިފި އެވެ.
ޔާމީނުގެ މަނީ ލޯންޑަރިން މައްސަލައިގެ ފަސްވަނަ އަޑުއެހުން މިއަދު ކުރިއަށް ދާއިރު، ގާޒީ އަހްމަދު ހައިލަމް ނިންމެވީ ޝަރީއަތުގެ ބޭނުމަށް އެ ވީޑިއޯ ބެއްލެވުމަށެވެ. އެކަމަކު ޝަރީއަތުގެ މަޖިލީހުގައި އެ ވީޑިއޯ ނުދައްކަވާނެ ކަމަށް ވިދާޅުވި އެވެ.

ޔާމީނާ ދެކޮޅަށް މަނީ ލޯންޑަރިން ދައުވާ އުފުލާފައި ވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ގެ ހިޔާނާތުގައި ހިމެނޭ އެސްއޯއެފު ކުންފުނިން އެމަނިކުފާނުގެ އެކައުންޓަށް ފޮނުވި ފައިސާގެ އަސްކު އޮޅުވާލާ، އޭގެން މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެގޮތުން އޭސީސީއާއެކު ވެވުނު އެސްކްރޯ އެކައުންޓުގެ އެއްބަސްވުމާ ހިލާފަށް އެކައުންޓުގައި ހުރި ފައިސާ އިންވެސްޓްމަންޓު އެކައުންޓަކަށް ބަދަލުކޮށް އޭގެން މަންފާ ހޯދި ކަމަށް ތުހުމަތު ކުރެވެ އެވެ. ޔާމީން ވަނީ އެ ތުހުމަތު ދޮގު ކުރައްވާފަ އެވެ.

އެ ކުށް ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް ޔާމީނުގެ މައްޗަށް އަންނާނެ އެވެ.
ހިޔާލު