Dhe faraathehge remittance adhi money change license hifahattaifi
image
މަރުކަޒީ ބޭންކް، އެމްއެމްއޭ-- ފޮޓޯ: ވީނިއުސް
0 ކޮމެންޓް
 

ދެ ފަރާތެއްގެ ރެމިޓެންސް އަދި މަނީޗޭންޖާ ލައިސަންސް ހިފަހައްޓައިފި

ދެ ފަރާތަކަށް ދޫކޮށްފައިވާ ރެމިޓެންސް އަދި މަނީ ޗޭންޖާ ލައިސަންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހިފަހައްޓައިފި އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި ބަނޑަހަ ފައިނޭންޝަލް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ރެމިޓެންސް ލައިސަންސާއި ބަނޑަހަ ކެފޭ އަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް ވަނީ މިހާރު ހިފަހައްޓާފަ އެވެ.

އެގޮތުން އެ ދެ ވިޔަފާރިއަށް ދޫކޮށްފައިވާ ލައިސަންސް ހިފަހައްޓާފައި ވަނީ އެ އިދާރާއިން ބަލަން ޖެހޭ ކަންކަން ހުރުމުން އެކަމާ ގުޅޭ ތަހުގީގެއް ކުރިއަށް ގެންދާތީ އެވެ.

ހ. ގަލަދުންގޭގަ އާއި ޗާންދަނީ މަގުގައި ހުންނަ އެމްއެފް ބިލްޑިންގައި ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑުން ދަނީ ރެމިޓެންސްގެ ވިޔަފާރި ކުރަމުންނެވެ. އަދި އެމްއެފް ބިލްޑިން ގްރައުންޑް ފްލޯގައި ބަނޑަހަ ކެފޭއިން ދަނީ މަނީޗޭންޖާގެ ވިޔަފާރި ވެސް ކުރަމުންނެވެ.
އެމްއެމްއޭ ވިޔަފާރި
ހިޔާލު