Mi 3 kudhinnah thaureefu haggu!
image
ޒީޝާ އާއި ރާހިލް އަދި ރިފާދާ-- ފޮޓޯ: ސޯޝަލް މީޑިއާ
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މި ތިން ކުދިންނަށް ތައުރީފު ހައްގު!

އިސްމާއިލް ރާހިލް އާއި އައިޝަތު ޒީޝާ އަދި ރިފާދާ ރަޝީދަކީ އަޑު އެހުމުން މަހުރޫމު ވެފައިވާ ތިން ކުދިންނެވެ. މި ތިން ކުދިން ވަނީ މިއަދު މުޅި ރާއްޖޭގައި ނަން ފަވާލާފައޭ ބުނުމަކުން ދޮގަކަށް ނުވާނެ އެވެ.
ރާހިލް އާއި ޒީޝާ އަދި ރިޕާދާ ވަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވެ، ރާއްޖެ ފަހުރުވެރިވާ ފަދަ ނަތީޖާއެއް ހޯދާފަ އެވެ. އެ ތިން ކުދިންނަކީ ވެސް ޖަމާލުއްދީން ސުކޫލުގައި ތައުލީމު ހާސިލް ކުރި ތިން ކުދިންނެވެ.

ނަތީޖާއަށް ބަލާއިރު ރާހިލު ވަނީ ފަސް މާއްދާއިން ފާސްވެ ބިޒްނަސް އިން "އޭ" ހޯދާފަ އެވެ. ޒީޝާގެ ނަތީޖާއަށް ބަލާއިރު އޭނާ ވަނީ ފަސް މާއްދާއިން ފާސްވެ އިސްލާމުން "އޭ" ސްޓާ ހޯދާފަ އެވެ. އަދި ރިފާދާ ވަނީ ހަ މާއްދާ އިން ފާސްވެ، އެކައުންޓިން އިން "އޭ" ހޯދާފަ އެވެ.

އަޑު އިވުމުން މަހުރޫމު ވެފައިވާ އެ ތިން ކުދިން ވެސް ބައިވެރިވީ އާއްމުކޮށް ހުރިހާ ކުދިންނަށް ހުޅުވާލައިގެން ބާއްވާ އޯލެވެލް އިމްތިހާނުގަ އެވެ. އެ ތިން ކުދިން ހޯދި ފުރިހަމަ ނަތީޖާއަކީ އަޑުއިވުމުން މަހުރޫމުވެފައިވާ އެހެން ކުދިންނަށް ވެސް ލިބިގެންދިޔަ ހިތްވަރެކެވެ.

އެ ތިން ކުދިންނަކީ ވެސް މިއަދު، މަތީ ތައުލީމު ހާސިލްކުރަމުންދާ ތިން ކުދިންނެވެ. އޭގެ އިތުރުން ރާހިލް މިހާރު އަންނަނީ މޮރީޝަސް ބޭންކު ގައި އިންޓާންޝިޕެއް ފުރިހަމަ ކުރަމުންނެވެ.

ވަޒީފާގެ މާހައުލުގައި ރާހިލް އަންނަނީ އޭނާގެ ހުނަރުން ގިނަ ބައެއްގެ ހިތް އަތުލަމުންނެވެ. ޒީޝާ އާއި ރިފޫ އަންނަނީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގައި މަތީ ތައުލީމު ހާސިލްކުރަމުންނެވެ.

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ގައުމީ ގަދަ 10 ގައި ޖަމާލުއްދީނު ސުކޫލުގެ 28 ދަރިވަރަކު ހިމެނެ އެވެ. އޭގެ އިތުރުން އެ ސުކޫލުގެ އަށް ދަރިވަރުން ވަނީ ދުނިޔޭގެ ގަދަ 10 ގައި ވެސް ހިމެނިފަ އެވެ.
ހިޔާލު