Yaameen ge dhifaau gai hekibas dhinumah Azeemaa dhekolhu hahdhavaifi
image
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ގަވަރުނަރު އަޒީމާ އާދަމް--
0 ކޮމެންޓް
 

ޔާމީންގެ ދިފާއުގައި ހެކިބަސް ދިނުމަށް ކުރީގެ ގަވަރުނަރު އަޒީމާ ދެކޮޅުހައްދަވައިިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިން މައްސަލައިގެ ދައުވާގެ ޝަރީއަތުގައި ޔާމީންގެ ދިފާއުގައި ހެކިބަސް ދިނުމަށް ކުރީގެ ގަވަރުނަރު އައިޝަތު އަޒީމާ ދެކޮޅު ހައްދަވައިިފި އެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާގެ މިއަދުގެ އަޑުއެހެމުގައި އޮތީ ޔާމީންގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހެޅި އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްގެ ހެކިބަސް ނެގުމެވެ.

ކޯޓަށް ހާޒިރު ވެވެން ނެތް ކަމަށް ބުނެ އަޒީމާ ހުށަހަޅުއްވާފައިވާ ސިޓީގައި ބުނެފައި ވަނީ މި މައްސަލައިގައި އެކަމަނާގެ ފަރާތުން ދެވޭނެ ހެކި ބަހެއް ނެތް ކަމަށެވެ. އަދި މިވަގުތު ދިރުއުޅުއްވަމުން ދަނީ ރާއްޖެއިން ބޭރުގައި ކަމަށް ވުމުން ކޯޓަށް ހާޒިރުވެވެން ނެތް ކަމަށް ވެސް އަޒީމާ ކޯޓަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ ކުރަނީ އިސްލާމިކް ބޭންކުގައި އޮންނަ އެމަނިކުފާނުގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ބޮޑު ތުހުމަތެއްވާ އެސްއޯއެފްއިން ޖަމާކުރި އެއް މިލިއަން ޑޮލަރު ބެހެއްޓުމަށް އޭސީސީ އާއެކުވީ އެސްކްރޯ އެކައުންޓްގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.

އެންމެ ފަހުން މި މައްސަލާގައި ބޭއްވި އަޑުއެހުމުގައި ރައީސް ޔާމީންއާ ދެކޮޅަށް ހުށަހަޅާފައިވާ ބައެއް ހެކިންގެ ހެކި ބަސް ނެގި އެވެ. މިހާރު ހެކި ބަސް ނުނެގި އޮތީ ހަމައެކަނި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީގެ އެވެ. އޭނާ ވަނީ ހެކި ބަސް ދެއްވަން އިންކާރު ކުރައްވާފަ އެވެ.
ހިޔާލު