Anhen kudhin evarah makeup kuranee keehvegenkan ingeytha?
image
0 ކޮމެންޓް
 

އަންހެން ކުދިން އެވަރަށް މޭކަޕް ކުރަނީ ކީއްވެގެންކަން އެނގޭތަ؟

ޒީނަތްތެރިވުމުގެ ގޮތުން ކޮންމެ މީހަކު ވެސް ތަފާތު ކަންކަން ކުރެ އެވެ. އެގޮތުން މޭކަޕް ކުރުމަކީ އަންހެނުންގެ ޒީނަތްތެރިކަމަށް ޒަމާނުއްސުރެ ކުރަމުން އައިސް، މިހާރު އާދައަކަށް ވެފައިވާ ކަމެކެވެ.
އަންހެނުން މޭކަޕް ކުރާ ގިނަ ސަބަބުތަކެއް ހުރެ އެވެ. އެގޮތުން ފުރަތަމަ ކަމަކަށް ބަލާއިރު އާންމު ގޮތެއްގައި އަންހެން ކުދިން މޭކަޕު ކުރުމުން އަމިއްލަ ނަސްފަށް އޮންނަ އިތުބާރު ބޮޑުވެއެވެ.

އޭގެ އިތުރުން ފިރިހެނުންނަށް ތިއްތި ދެއްކަން ވެސް މޭކަޕް ކުރާ އަންހެން ކުދިން މަދެއް ނޫނެވެ. އެގޮތުން ފިރިހެނުން ގިނައިން އެއްވެ އުޅޭ ތަނަކަށް އަންހެނަކު ދާނަމަ މޭކަޕް ކުރާ މިންވަރު އިތުރުވެ އެވެ. ނަމަވެސް ގިނަ ފިރިހެނުން ބުނަނީ މޭކަޕް ކުރާ އަންހެން ކުދިން ކަމު ނުދާ ކަމަށެވެ.

އެހެން އަންހެނަކަށް ވުރެ ރީތި ވާން ވެސް މޭކަޕު ކުރާ މީހުން މަދެއް ނޫނެވެ. އެގޮތުން ފޫހިވާ މީހުންނަށް ދައްކަން އަންހެން ކުދިން މޭކަޕު ކުރެ އެވެ.

ކޮސްމެޓިކްސް ނުވަތަ މޭކަޕްގެ ސަބަބުން މީހާގެ ސިފަ ފުރިހަމަކޮށްދެ އެވެ. އެކަމަކު ބައެއް ފަހަރު މިއާ އިދިކޮޅަށް ވެސް ކަން ހިނގަ އެވެ. މޭކަޕް ކުރާ ގޮތެއްގެ ސަބަބުން މީހާގެ މުޅި ސިފަ ހުތުރުވެ، މީހުންގެ މަލާމާތް ރައްދަވުމަކީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫނެވެ. މިފަދަ ކަންކަމަށް ފަރުވާތެރިވުމަށް ވިސްނާނަލަން ޖެހޭ ވަރަށް މުހިއްމު ކަންކަން ހުރެ އެވެ.

އެގޮތުން އެމީހަކާ ގުޅޭ ފައުންޑޭޝަނަކާއި މާ ގިނައިން ފުށް ނުޖެހުމާއި ކޮންސީލާ މާ ގިނައިން ބޭނުން ނުކުރުމާއި އުނދަގޫ ވަރަށް މޭކަޕު ނުކުރުން އަދި ބަލާ މީހުންނަށް ވެސް ބަލާލަން ފަސޭހަ މޭކަޕެއް ބޭނުން ކުރުން މުހިންމެވެ.
ހިޔާލު