China ge Starfish airport hulhuvaifi
image
ޑެޒިންގް އިންޓަނޭޝަލް އެއާޕޯޓު--
0 ކޮމެންޓް
 

ޗައިނާގެ "ސްޓާފިޝް" އެއާޕޯޓު ހުޅުވައިފި

ޗައިނާއިން ހެދި 11 ބިލިއަން ޑޮލަރުގެ އަގުހުރި "ސްޓާފިޝް" އެއާޕޯޓު މިއަދު ރަސްމީކޮށް ހުޅުވައިފި އެވެ.
އެތަން ހުޅުވީ ޗައިނާގެ 70 ވަނަ އަހަރީ ދުވަހާ ދިމާކޮށެވެ. ވެރިރަށް ބެއިޖިންގައި ހުޅުވި ޑެޒިންގް އިންޓަނޭޝަލް އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވޯ ރައީސް ޝީ ޖިންޕިން އެވެ.

ޗައިނާ ޑެއިލީ ނޫހުން ރިޕޯޓު ކުރާ ގޮތުގައި އެ އެއާޕޯޓު 700،000 އަކަމީޓަރަށް ފެތުރެ އެވެ. އެއީ 98 ފުޓްބޯޅަ ދަނޑުގެ ސައިޒެވެ.

މިހާރު ބެއިޖިންގައި ހުންނަ އެއާޕޯޓަކީ ދުނިޔޭގެ ދެވަނައަށް އެންމެ ދަތުރުތައް ގިނަ އެއާޕޯޓެވެ. އެހެންވެ، ދެވަނަ އެއާޕޯޓެއް ހަދަން ޖެހުނީ އެތަނަށް ލުއިކުރުމުގެ ގޮތުންނެވެ.

އެއް އިމާރާތެއްގެ ތެރޭގައިވާ ދުނިޔޭގެ އެންމެ ބޮޑު ޓާމިނަލް ހުންނަނީ ވެސް ޑެޒިންގް އެއާޕޯޓުގައި ކަމަށް ވެއެވެ. އެތަނުން 2025 ވަނަ އަހަރުގެ ނިޔަލަށް 170 މިލިއަން ޕަސަންޖަރުން ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ.

މިއަދުން ފެށިގެން ހަތް ޑޮމެސްޓިކް އެއާލައިނުން ދަތުރުތައް ފަށާނެ އެވެ. ބައިނަލްއަގްވާމީ އެއާލައިންތައް ކަމަށްވާ، ބްރިޓިޝް އެއާވޭޒް، ކެތޭ ޕެސިފިކް އަދި ފިންއެއާ އިން ވެސް ދަތުރުތައް ފެށުމަށް ވަނީ ތައްޔާރުވެފަ އެވެ.
ޗައިނާ
ހިޔާލު