Hatharu mahun Sania Mirza 26 Kilo hihkaalaifi
image
ސާނިއާ މިރްޒާ--
0 ކޮމެންޓް
 

ހަތަރު މަހުން ސާނިއާ 26 ކިލޯ ހިއްކާލައިފި

އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިޔާ ސާނިއާ މިރްޒާ، މިދިޔަ އަހަރުގެ ފަހުކޮޅު މަންމައަކަށް ވިއިރު މާބަނޑު ދުވަސްވަރު އޭނާގެ ބަރުދަން ވަރަށް ބޮޑަށް އިތުރުވި އެވެ. ހަތަރު މަހުގެ މަސައްކަތުން ސާނިއާ މިވަނީ ވަރަށް ބޮޑަށް ހިއްކާލާފަ އެވެ.
މިދިޔަ ހަތަރު މަހު އޭނާ ކުރި މަސައްކަތް އޭނާ ވަނީ ވީޑިއޯކޮށް އިންސްޓަގްރާމު ގައި ހިއްސާކޮށްފަ އެވެ. އެގޮތުން ވިހެއުމަށް ފަހު ކުރި މަސައްކަތުން 26 ކިލޯ ލުއި ވެފައިވާ ކަމަށް ސާނިއާ ބުންޏެވެ.

ޕާކިސްތާނުގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ޝުއައިބް މާލިކްއާ 2010 ވަނަ އަހަރު ކައިވެނި ކުރި ސާނިއާއަށް މިދިޔަ އޮކްޓޫބަރު މަހު ދަރިއަކު ލިބުނުއިރު މާބަނޑު ދުވަސްވަރު 23 ކިލޯ އިތުރުވި އެވެ.

ޖުމްލަ 5.6 މިލިއަން މީހުން ސާނިއާ ފޮލޯ ކުރަމުން އަންނައިރު ސާނިއާ ބުނީ އޭނާ ކޮންމެ ދުވަހަކު ޖިމަށް ގޮސް ފިޓްކޮށް ހުރުމަށް ކުރީ ވަރަށް މަސައްކަތް ކަމަށެވެ. އެގޮތުން އެވީޑިއޯ ހިއްސާކުރުމުން ގިނަ ބަޔަކު ވަނީ ސާނިއާއަކީ ބޮޑު އިންސްޕިރޭޝަނެއްގެ ގޮތުގައި ނަގާފަ އެވެ.
View this post on Instagram

We had documented little ‘tid bits from my post pregnancy journey back to being and feeling healthy and fit again .. I’ve been asked bout my ‘weight loss’ journey sooo many times .. how? When? Which? Where ? So I’ll try to post some of it here everyday or every few days .. I put on 23 kilos when I was pregnant and have managed to lose 26 in span of 4 months or so .. with a lot of hard work ,discipline and dedication .. I read msgs from women allll the time as to how they find it so difficult to come back to ‘normalcy’ after child birth and don’t take care of themselves or don’t find the motivation or inspiration .. Ladies, I just wanna say ... if I can do it then anyone else can too .. believe me that one hour or 2 hours a day to yourself will do wonders to you physically but sooo much mentally as well .. ❤️ remember - #Mummahustles 🙃 Ps- this is me after losing a bit of weight already after Izhaan was born .. roughly 2 and a half half months after I delivered ..

A post shared by Sania Mirza (@mirzasaniar) on


ކުޅިވަރުގެ ދާއިރާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސާނިއާ ވަނީ ޓައިމްސް މެގަޒިން އިން 2016 ވަނަ އަހަރު ހޮވާފައިވާ ދުނިޔެއިން އެންމެ ނުފޫޒު ގަދަ 100 މީހުންގެ ލިސްޓުގައި ވެސް ހިމެނިފަ އެވެ. އިންޑިއާގެ އަވަށެއް ކަމަށްވާ ހައިދަރުއާބާދުގައި ޓެނިސް އެކަޑަމީއެއް ވެސް ސާނިއާ އަންނަނީ ހިންގަމުންނެވެ.
ހިޔާލު