Fandiyaarunge jamiyyaage aammu jalsaa baavvanee viber group ehga
image
ފަނޑިޔާރުންތަކެއް-- ފޮޓޯ: މިހާރު
1 ކޮމެންޓް
 

ފަނޑިޔާރުންގެ ޖަމިއްޔާގެ އާއްމު ޖަލްސާ ބާއްވަނީ ވައިބާ ގްރޫޕެއްގައި

ފަނޑިޔާރުންގެ ޖަމިއްޔާގެ އާއްމު ޖަލްސާ އޮކްޓޯބަރު ފަސްވަނަ ދުވަހުގައި އެކަމަށް ހާއްސަ ވައިބާ ގްރޫޕެއްގައި ބާއްވަން ނިންމައިފި އެވެ.
އެ ޖަމިއްޔާގެ ރައީސް ޝުއައިބް ހުސެން ޒަކަރިއްޔާ ވަނީ ޖަމިއްޔާގެ ހުރިހާ މެމްބަރުންނަށް ޖަލްސާގައި ބައިވެރިވުމަށް ދައުވަތު އަރުވާފަ އެވެ. އަދި ޖަލްސާ ކުރިއަށް ދާނެ ގޮތުގެ އުސޫލު ވެސް ވަނީ އާއްމުކޮށްފަ އެވެ.

އެ ޖަލްސާ އޮންނާނީ ޑީއެފްޖޭ ޖެނެރަލް މީޓިންގް ނަމަކަށް ކިޔާ ހާއްސަ ވައިބާ ގްރޫޕެއްގައި އެވެ. ފުރަތަމަ އާއްމު ޖަލްސާގެ އެޖެންޑާގައި އޮތީ ޖަމިއްޔާގެ ނިޝާނާއި ދިދަ ފާސް ކުރުމެވެ.

އޮކްޓޯބަރު 5 ވަނަ ދުވަހު 10:00 ގައި ފަށާ ޖަލްސާގެ ހާޒިރީ ބަލާނީ، ފަށާ ގަޑީގައި ވައިބާ ގްރޫޕުގައި ތިބި މެމްބަރުންނަށް ބަލައިގެންނެވެ.

އެޖެންޑާގައިވާ ކަންކަމަށް ވޯޓަށް އަހާނީ ގްރޫޕުގައި ހުޅުވާލާ ޕޯލަކުން ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. އަދި ޔައުމިއްޔާ ބެލެހެއްޓުމަށްޓަކައި ގްރޫޕުގައި ދެކެވޭ ވާހަކަތައް ނޯޓު ކުރެވޭނެ ކަމަށް އުސޫލުގައި ވެއެވެ.

ޖަލްސާ ނިމުމާއެކު ވައިބާ ގްރޫޕުން މެމްބަރުން ވަކިކޮށް، އެ ގްރޫޕު ފޮހެލެވޭނެ އެވެ.



ފަނޑިޔާރުންތަކެއް އިސް ނަގައިގެން 2008 ވަނަ އަހަރު އުފައްދާފައި އޮތް ފަނޑިޔާރުންގެ ޖަމިއްޔާގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށް ފަހު އެ ޖަމިއްޔާގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ ޔޫތު މިނިސްޓްރީން ވަނީ ދީފަ އެވެ.
ފަނޑިޔާރުން
ހިޔާލު

ކިޔު5

ވީހާ ގިނަ ފަނޑިޔާރުންނަށް ބައިވެރިވެވޭނެ އެއްމެ ރަނގަޅު ގޮތް. ޒަމާނީ ވަސީލަތްތައް ބޭނުންކުރުން މުހިއްމު.