Alifaan hingi sarahahdhu naeeb raees bahlavaifi
image
އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ސާފުކުރަނީ-- ފޮޓޯ: އަވަސް
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ނައިބް ރައީސް ބައްލަވާލައްވައިފި

މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ހިނގި ބޮޑު އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު ބައްލަވާލުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް އެ ސަރަހައްދަށް ވަޑައިގެންފި އެވެ.


ހުކުރު ދުވަހުގެ ރޭ އެންމެ ފުރަތަމަ އަލިފާން ރޯވެފައި ވަނީ ހ. ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނެއްގަ އެވެ. އެ އަލިފާންގަނޑު ހަލުވިކަމާއެކު ފެތުރުމުގެ ސަބަބުން ހަތް އިމާރާތަކާއި ހަތަރު ގުދަނެއް އަނދާ ހުލިވި އެވެ.

މިއީ މިހާތަނަށް މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. އެ ހާދިސާގައި އެކަކު މަރުވެ، 50 އަށް ވުރެ ގިނަ މީހުންނަށް ދުމުގެ އަސަރުކޮށްގެން ފަރުވާ ދިނެވެ.

އެ ހާދިސާއާ ގުޅިގެން އެ ސަރަހައްދަށް ވަނީ ވަރަށް ބޮޑަށް ދުމުގެ އަސަރު ކޮށްފަ އެވެ. އެގޮތުން އެ ސަރަހައްދަށް އާންމުން ވަދެ އުޅުމަށް ވެސް އެމްއެންޑީއެފުން ވަނީ މަނާކޮށްފަ އެވެ.
ހިޔާލު