Kylie varah bali, othee hospital ga!
image
ކައިލީ--
0 ކޮމެންޓް
 

ކައިލީ ވަރަށް ބަލި، އޮތީ ހޮސްޕިޓަލުގައި!

ރިއަލިޓީ ޓީވީ ތަރި ކައިލީ ޖެނާ ވަރަށް ބަލި ކަމަށް އޭނާ ބުނެފި އެވެ.
ކައިލީ ކުރި ޓުވީޓެއްގައި އޭނާ ބުނީ މާދަމާ ޕެރިސްގައި އޮތް ޕެރިސް ފެޝަން ވީކުގައި އޭނާގެ ކުރިއަށް އޮތް މޭކަޕް ކަލެކްޝަން "ކައިލީ އެކްޝް ބަލްމާ" ލޯންޗު ކުރުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

ނަމަވެސް އޭނާ ވަރަށް ބަލި ކަމަށާއި ދަތުރުކުރެވެން ނެތް ކަމަށް ކައިލީ ވަނީ ބުނެފަ އެވެ. އަދި އެ ކަލެކްޝަން ލޯންޗު ކުރުމުގެ ހަފްލާގައި ބައިވެރި ނުވެވޭތީ ވަރަށް ދެރަވާނެ ކަމަށް ކައިލީ ވަނީ ބުނެފަ އެވެ.


ބޭރުގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކައިލީ މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ. އެ ހަބަރާއެކު ކައިލީގެ ސަޕޯޓަރުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.

ކައިލީއަކީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރެވެ. އެގޮތުން މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައި އުމުރުން 21 އަހަރުގައި ކައިލީ ވަނީ ދުނިޔޭގެ އެންމެ ހަގު ބިލިއަނަރަށް ވެފައެވެ. އޭނާއަކީ ފެޝަނުގެ ދުނިޔޭގައި ވެސް އެންމެ ނުފޫޒު ގަދަ އެކެކެވެ.
ކައިލީ ޖެނާ
ހިޔާލު