Miothee Kunikahan maa molhu gotheh!
image
2 ކޮމެންޓް
 

މިއޮތީ ކުނިކަހަން މާމޮޅު ގޮތެއް!

ކޮންމެ ދުވަހަކު ގޭދޮށް ކުނި ކެހުން ވަނީ ބޮޑު ކަމަކަށެވެ. އިލޮށި ފަތި ހިފައިގެން ފަތިހު ފަތިހާ ރަށްފުށުގެ މީހުން ކުނިކަހަން ނިކުންނަނީ އަވިއެރުމުގެ ކުރިން ގޭދޮށް ކުނި ކަހާ ނިންމާލާށެވެ. ބައެއް ގެތައް އިމާރާތް ކޮށްފައި ހުންނަ ގޮތުން ކުނި ކަހަން ޖެހޭ ސަރަހައްދު ވެސް ނިކަން ބޮޑެވެ. ގިނައިން ކުނި އެއްވެފައި އޮންނަ ދުވަހެއް ނަމަ ކުނި ކެހުމުގައި ގަޑިއިރެއް ވެސް ހޭދަވެދާނެ އެވެ.
މިއީ ކޮންމެ ދުވަހަކު ކުނިކަހަން ބޮޑު ކަމަކަށްވެގެން އުޅޭ މީހުންނަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ހޮވާބޯޑެއްގައި އިށީނދެގެން އިނދެ މިކަން ކޮށްލައިފި ނަމަ ހައްޓަށް ވެސް ނިކަން ފަސޭހަވެ، އެތައް ވަގުތެއް ސަލާމަތްވާނެ އެވެ.

ސޯޝަލް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯއަކުން ފެންނަނީ އުމުރުން ދުވަސްވީ އަންހެނަކު އެގޮތަށް އިނދެގެން ކުނި ކަހާލާ މަންޒަރެވެ. ފެންނަ ފެނުމަށް އެކަމަށް އެމީހާ ވަަރަށް ފަރިތަ އެވެ. އަދި ނިކަން ރީއްޗަށް އޭގައި އިނދެލައިން ކުނި ކަހާލަ އެވެ.

އެ ވީޑިއޯ އިން މިއީ ކޮން ގައުމެއްގައި ކުރި ކަމެއްކަން ސާފުކޮށް ބުނެދޭކަށް ނޭނގެ އެވެ. ކޮންމެއަކަސް މިއީ ރާއްޖޭގައި ވެސް ނުކުރެވޭނެ ކަމެއް ނޫނެވެ. އަޖުމަ ބަލާލުމަކުން ވެސް ގޯހެއް ނެތެވެ. އެކަމަކު މިކަން ވާނީ ލަދުކަނޑުވާލާ ނިކަން ކެރިގެން ކުރާ ކަމަށް ވާނަމަ އެވެ.
ކުނި
ހިޔާލު

ޙފ

މާލޭ މީހުންގެ މަގު ފަޅި ވެސް ކަހަން ޖެހޭނީ މުސާރަ ދީގެން ސަރިކާރުން އެކަމް އެހެން ރަށްރަށު ޖެހޭނީ އެމީހަކު އެބަޔެއްގެ މަގު ކުނިކަހާން އެއްވެސް އިންސާފެއް ނެތް

މާމަ

މަގުމަތި ކުނިކެހުމަކީ ރާއްޖެތެރޭ މީހުނަށް އޮންނަ ކަމެއް މާލޭގެ މަގުތައް ކުނިކަހާނީ މުށަރަވެރިން އެމީހުނަށް އުނދަގޫވެދާނެތީ ތިއެއްޗެހި ހޯދުން ރަނގަޅުވާނެކަމަށް ދެކެން