Marjaavaan ge trailer ah gina baehge thaureef!
image
ފިލްމުގެ ޕޯސްޓަރެއް---
0 ކޮމެންޓް
 

"މަރްޖާވާން" ގެ ޓްރެއިލާއަށް ގިނަ ބައެއްގެ ތައުރީފު!

"މަރްޖާވާން" ގެ ޓުރެއިލާއަށް ގިނަ ބަޔަކު ތައުރީފުކޮށްފިއެވެ.
"މަރްޖާވާން" ގެ ޓްރެއިލާ ނެރެފައިވަނީ އިއްޔެއެވެ. ޓްރެއިލާ ނެރުތާ މާގިނަ އިރުތަކެއް ނުވަނީ ގިނަ ބަޔަކު ޓްރެއިލާ ބަލާ، އެއަށް ތައުރީފުކޮށްފައިވާއިރު ފިލްމުގައި ފެނިގެންދާ ކާސްޓުންނާއި ލަވަ އަދި ޑައިލޮގްތައް ވަރަށް ފުރިހަމަ ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.



ފިލްމުގައި ލީޑު ރޯލުން ފެނިގެންދަނީ ސިދާތު މަލްހޯތުރާ އާއި ތާރާ ސުތަރިއާއެވެ. އަދި ވިލަން އެއްގެ ރޯލުން ފެނިގެންދަނީ ރިތޭޝް ދޭޝްމުކްއެވެ. ފިލްމުގައި އޭނާ ފެނިގެންދަނީ ޑުވާފް (ކުރު މީހެއް)ގެ ރޯލުންނެވެ. އަދި އޭނާ އަށް ފިލްމުގައި ކިޔަނީ ތީން ފޫޓް އެވެ.

މިލިޕް މިލަން ޒަވޭރީ ޑައިރެކްޓުކުރާ އެފިލްމަކީ ލޯބީގެ ވާހަކައެއްގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމު ނެރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ނޮވެންބަރު މަހުގެ އަށް ވަނަ ދުވަހުއެވެ.
ހިޔާލު