Muvahzafunah vazeefaage biru nudhahkan: Transport
image
މިނިސްޓާ އައިޝަތު ނަހުލާ---ފޮޓޯ:މިހާރު
ފައުޒާ މުހައްމަދު
0 ކޮމެންޓް
 

މުވައްޒަފުންނަށް ވަޒީފާގެ ބިރު ނުދައްކަން: ޓްރާންސްޕޯޓު

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުން ވަޒީފާއިން ކަނޑާލާނޭ ކަމުގެ ބިރުތައްކާފައި ނުވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓު މިނިސްޓަރުގެ ޕާސަނަލް އެސިސްޓަންޓް ޖަޒްލާން މުހައްމަދު ވިދާޅުވީ، މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގެ އެއްވެސް މުވައްޒިފަކު ކަނޑާލާނެ ކަމުގެ ބިރު އެއްވެސް މުވައްޒިފަކަށް ދައްކާފައި ނުވާ ކަމަށެވެ. ނަމަވެސް ހާޒިރީ އިން ފަރުވާ ކުޑަ ކަމަށް ފާހަގަކުރެވޭ މުވައްޒިފުންނާމެދު އަމަލު ކުރެވޭނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވައިދުގެ ތެރެއިން ކަމަށް ޖަޒްލާނު ވަނީ ވިދާޅުވެފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އެހެން ބުނެފައިވަނީ ވަޒީފާއިން ވަކި ކުރުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، ޓްރާންސްޕޯޓު އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ފޮނުވުމާ ގުޅިގެންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 48 މުވައްޒަފުން ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެފަދަ ސިޓީއެއް ލިޔަން ޖެހުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށެވެ.

ވަޒީފާއިން ކަނޑާލަން ބޭނުންވާ މުވައްޒަފުންތަކެއްގެ ލިސްޓެއް އޮތް ކަމުގެ މައުލޫމާތު ޖުލައި މަހުގެ ތެރޭގައި ލިބުމާއެކު މުވައްޒަފުންގެ ޝުއޫރު އޮފީސް ތެރޭގައި ފާޅު ކުރަން ފެށި ކަމަށް ވެއެވެ. އެ ލިސްޓަކީ ހާޒިރީއާ ބެހޭ ލިސްޓެއް ކަމަށާއި، ވަޒީފާއިން ކަނޑާލުމުގެ ލިސްޓެއް ނޫން ކަމަށް ބުނެފައިވާ ކަމަށް އޭގައި ބުނެފައި ވެއެވެ.

އޭގެ ފަހުން ވަގުތު ނޫހުގައި އަނެއްކާ ވެސް އެ އޮތޯރިޓީގެ މުވައްޒަފުން ކަނޑާލަން އުޅޭ ކަމުގެ ހަބަރު ޝާއިއު ކުރުމާއެކު މުވައްޒަފުން ކަންބޮޑުވެ، ހިނގަމުންދާ ކަންކަން ސާފު ކުރުމުގެ މަސައްކަތް ފެށި އެވެ.
ހިޔާލު