Jazeera Canoe Race ge 1 vana K. Atholhah
image
0 ކޮމެންޓް
 

ޖަޒީރާ ކެނޯ ރޭހުގެ އެއްވަނަ ކ އަތޮޅަށް

ޖަޒީރާ ކެނޯރޭހުގެ އެއްވަނަ ކ އަތޮޅުން ހޯދައިފިއެވެ.
ދެވަނަ ހޯދީ ވ. އަތޮޅުންނެވެ. އަދި ތިން ވަނަ ހޯދީ ސ. އަތޮޅުންނެވެ.


ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމަށް ވ. އަތޮޅުގައި ބާއްވާ "ޖަޒީރާ ކެނޯ ރޭސް" ފެށުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގަތެވެ.

ޖަޒީރާ ކެނޯ ރޭސް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފެލިދެ އަތޮޅު ކެޔޮދުއަށް ވަޑައިގެންނެވީ މިއަދު މެންދުރުފަހުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ރާއްޖެއަށް ފަތުރުވެރިން އައުމުގެ މައިގަނޑު ދެ ބޭނުމެއް އޮންނަ ކަމަށާއި އެއީ ރާއްޖޭގެ ރަށްތަކުގެ ރީތިކަމާއި ރައްޔިތުން ހިނިތުންވުމާއެކު އަދާކުރާ މެހެމާންދާރީ ކަމުގައި ވިދާޅުވިއެވެ.

އެހެންކަމުން ފަތުރުވެރިންނަށް ހިދުމަތް ދިނުމުގައި މިކަކަން އެގޮތުގައި ދަމަހައްޓައިދެއްވުމަށް ނައިބު ރައީސް ފައިސަލް އެދިވަޑައިގެންނެވިއެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި މީގެ 27 އަހަރުކުރިން އެމަނިކުފާނު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވި ދުވަސްވަރުގެ ހަނދާންތައް އައުކުރައްވައި، ރާއްޖޭގައި ފަތުރުވެރިކަން އެންމެފުރަތަމަ ފެށިގެން އައި ދުވަސްވަރު މި ސިނާއަތުގައި ހަރަކާތްތެރިވި ފަރާތްތަކާއި މިއަދާ ހަމައަށް މިސިނާޢަތް ތަރައްގީކޮށް ގެނެސްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

ޖަޒީރާ ކެނޯރޭސް ފެށުމުގެ ގޮތުން ފުރަތަމަ ބާއްވާފައި ވަނީ އަންހެން ޓީމުތަކުގެ ކެނޯ ރޭހެވެ. ރޭސް ފެށުމުގެ ގޮތުން އަންހެން ޓީމުތައް ވަނީ ކެނޯގައި ވ. ތިނަދުއަށް ދަތުރުކޮށްފައެވެ. ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަކީ ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ.
ހިޔާލު