Manmmanu bahun Huthubaa dheyn fashanee
image
0 ކޮމެންޓް
 

ސައިން ލޭންގުއޭޖުން ހުތުބާ ދޭން ފަށަނީ

ދިވެހިރާއްޖޭގަ ސައިން ލޭންގުއޭޖުން (މަންމަނު ބަހުން) ހުކުރު ހުތުބާ ދޭން ފަށާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހާމަކޮށްފިއެވެ.
އިލްސާމިކް މިނިސްޓްރީން ބުނީ އަޑު އިވުމުން މަޙްރޫމް ވެފައިވާ ކުދިންނަށް ހުކުރު ޚުތުބާ ކިޔާވަގުތު ޚުތުބާގައި ކިޔާތަކެތި އެނގޭނެ ގޮތް ހެދުމުގެ ގޮތުން ސައިން ލޭންގުއޭޖް ބޭނުން ކޮށްގެން ޚުތުބާ ކިޔައިދިނުން 27 ސެޕްޓެމްބަރ 2019 ވާ ހުކުރު ދުވަހުން ފެށިގެން އިސްލާމީ މަރުކަޒު ގެ ތިންވަނަ ބުރީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށެވެ.

އަޑު އިވުމުން މަހުރޫމްވެފައިވާ ކުދިންނަށް ތިންވަނަ ބުރީގައި ތިބެވޭނެ އިންތިޒާމްވެސް ހަމަޖައްސާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ޚުތުބާ ކިޔަމުންދާ ވަގުތު ޓީވީއެމް އިންވެސް ސައިންލޭންގުއޭޖުން ޚުތުބާ ކިޔާދޭ މަންޒަރު ފެންނާނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.
ހިޔާލު