Noosveriya Khashoggi maruge zinma Saudi ge valeeahudhu nangavaifi
image
0 ކޮމެންޓް
 

ނޫސްވެރިއާ ކިޝޯގީގެ މަރުގެ ޒިންމާ ސައުދީގެ ވަލީއަހުދު ނަންގަވައިފި

ތުރުކީގައި ހުންނަ ސައުދީއަރަބިއްޔާގެ އެންބަސީގައި މިދިޔަ ކަރަންޓު ކީހަކުން ކީހާލައި ކުދިކުދި ކޮށްލުމަށްފަހު ވަޅު ސަރުދީ އަރައްބިއްޔާގެ ނުސްވެރިއާ ޖަމާލް ކިޝޯގީގެ މަރުގެ ޒިންމާ ނަންގަވާކަމަށް ސަރުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
މުހައްމަދު ބިން ސަލްމާން މިހެން ވިދާޅުވެފައިވަނީ ޕީބީއެސް ގެ ޑޮކިއުމަންޓަރީއެއްގައެވެ.

"ކިޝޯގީ މަރާލިއިރު އެކަން އަހަރެންނަށް އިނގޭ،" މުހައްމަދު ބިން ސަލްމާން ވިދާޅުވާ މަންޒަރު އެ ޑޮކިއުމެންޓަރީގެ ޓީޒާއިން ފެނެއެވެ.

ޑޮކިއުމަންޓަރީ ނެރޭނީ އަންނަ ހަފްތާގައެވެ.

އެމެރިކާގެ ސީއައިއޭ އަދި ހުޅަނގު ގިނަ ގައުމުތަކުން ތުހުމަތު ކުރާގޮތުގަ ކިޝޯގީ މަރާލުމަށް އޯޑަރު ދިނީ މުހައްމަދު ބިން ސަލްމާންއެވެ. ނަމަވެސް އެ ތުހުމަތައް މިވީތަނަށް ސައުދީ ސަރުކާރުން ދޮގުކުރެެއެވެ.

ކިޝޯގީއަކީ ސައުދީގައި ދިރިއުޅުނުއިރުވެސް އެ ގައުމުގެ ރަސްކަމަށް ވަރަށް ބޮޑަށް ފާޑުކީ ނޫސްވެރިއެވެ. އެނާ މަރާލި އިރު ހުރީ އިސްތަންބޫލަށް އާއިލާއާއެކު އަރުވާލައިގެންނެވެ.
ހިޔާލު