Corrections ge officerun keththerivaan Home minister edhilahvaifi
image
0 ކޮމެންޓް
 

ކަރެކްޝަންސް އޮފިސަރުން ކެތްރިވާން ހޯމް މިނިސްޓަރު އެދިވަޑައިގެންފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް ގެ މުވައްޒަފުންނަކީ ކަންތައް ދިމާވާވަގުތު ކެތްތެރިކަމާއެކު މަސައްކަތް ކުރާ ބަޔަކަށް ވާންޖެހޭކަަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓާ މިހެން ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ އަހަރީ ޖަލްސާގަ ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ވަޒީފާއަކީ ހަމައެކަނި އާމްދަނީ ހޯދުމަށް އޮތް ވަޒީފާއެއްކަމުގައި ދެކިގެން ނުވާނެކަމަށެވެ.

"މި މުއައްސަސާގެ ނަމުންވެސް ރަމްޒުކޮށްދޭ ފަދައިން މިއީ ވަރަށް އަގުހުރި ހިދުމަތެއް. ތިއިން ކޮންމެ އޮފިސަރަކީވެސް މުޖުތަމައުގެ ރައްކާތެރިކަމަށް ބަންދުކުރެވޭ ބަޔަކު އެ މުޖުތަމައުއަށް ފައިދާއަށް ވާނެ ބަޔަކަށް ބަދަލުކުރުމަށް އެހީތެރިވެދޭ އާރުކާޓީއެއް،" އިމްރާން ވިދަޅުވިއެވެ.

އިމްރާން ވަނީ އިސްލާހު ކުރުމަށް މި ސަރުކާރުން ހުށަހަޅާފައިވާ ކަންކަން މައުނަވީ ގޮތެއްގަ އިސްލާހު ކޮށްދިނުމަށް ކަރެކްޝަންގެ މުވައްޒަފުންގެ ކިބައިން އެދިވަޑައޮގެންފައައެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ ކަރެކްޝަން އޮފިސަރުން އަމަލު ކުރަންވާނީ ބައިނަލްއަގުވާމީ މުއާހަދާތަކާ ރާއްޖޭގައި ހެދިފައިވާ ގާނޫނުތަކާއި އެއްގޮތަށްކަމަށެވެ.
ހިޔާލު