Boat dhathuru kurumuge Sinaaiy othee hithaama kuran jehey fadha haalathehggai: Nahula
image
ރާއްޖެ ބަނދަރުގައި އޮތް ބޯޓެއް -- ފޮޓޯ / ޕީއެސްއެމް
0 ކޮމެންޓް
 

ބޯޓު ދަތުރު ކުރުމުގެ ސިނާއަތް އޮތީ ހިތާމަކުރަންޖެހޭ ފަދަ ހާލަތެއްގައި: ނަހުލާ

ކަނޑު ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެ އޮތީ ހިތާމަކުރަންޖެހޭ ފަދަ ހާލަތެއްގައި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ކަނޑުދަތުރު ފަތުރުގެ ދުވަހާއި ގުޅިގެން މިނިސްޓަރު ނަހުލާ ދެއްވި ހިތާބުގައި ވިދާޅުވީ މީގެ 30 އަހަރާއި އަޅާބަލާއިރު ކަނޑުދަތުރު ފަތުރުގެ ދާއިރާއިން ފެންނަމުން ދަނީ ހިތާމަކުރަންޖެހޭ ފަދަ މަންޒަރުތަކެއް ކަމަށެވެ. މިނިސްޓަރު ވަނީ ރާއްޖޭގެ ބޯޓު ދަތުރު ކުރުމުގެ ސިނާއަތަށް އައިސްފައިވާ ބަދަލުތަކާއި ގުޅޭ ގޮތުން އެކަމަނާގެ ހިތާބުގައި އަލިއަޅުވާލައްވާފައެވެ.

ނަހުލާ ވިދާޅުވީ 1980ގެ ފަހުކޮޅު 80އަށްވުރެ ގިނަ ބޭރު ދަތުރުކުރާ ބޯޓު ރާއްޖޭގެ ރަޖިސްޓްރީގައި އޮތް ކަމަށެވެ. ނަމަވެސް މިއަދު އެ އަދަދު އޮތީ އިނގިލިތަކުން ވެސް ގުނާލެވޭ ވަރަށް މަދުވެފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގައި މީގެކުރިން ޝިޕިން އޮޕަރޭޓު ކުރާ 18 ކުންފުނި އޮތް ކަމަށެވެ. ނަމަވެސް މިހާރު އެންމެ ކުންފުންޏެއްވެސް ނެތޭ ދެންނެވިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 1990ގެ އަހަރުތަކުގައި ބޯޓުތަކަށް މީހުން ހޯދުމަށްޓަކައި 11 ކުންފުންޏެއް އޮތްކަން ފާހަގަކުރައްވާ މިނިސްޓަރު ނަހުލާ ވިދާޅުވީ މިހާރު އެ މަސައްކަތް ކުރާ އޮތީ ދެ ކުންފުންޏެއް އެއް ކުންފުންޏެއް ވަރު ކަމަށެވެ.

އެ ދުވަސްވަރު ބޭރު ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުން އާމްދަނީގެ ގޮތުގައި އަހަރަކު 12 މިލިއަން ޑޮލަރުޖެ ރާއްޖެއަށް ފޮނުވާފައި އެބަހުރިކަމަށް މިނިސްޓްރ ނަހުލާ ވިދާޅުވިއެވެ.
ހިޔާލު