Salaamathee fiyavalhuthah varugadha koh Afghanistange riyaasee inthihaabu fashaifi
image
ވޯޓުލާން ކިއު ހަދާފައި-- ފޮޓޯ: އަލް ޖާޒީރާ
އަލީ ޖުމާން ފުއާދު
0 ކޮމެންޓް
 

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އަަފްގާނިސްތާނުގެ ރިޔާސީ އިންތިހާބު ފަށައިފި

ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް އަފްގާނިސްތާނުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
ތާލިބާނުންގެ ބިރު ވޯޓުލާ މަރުކަޒުތަކަށް އޮތުމާއެކު 70000 އަށް ވުރެ ގިނަ ސިފައިން ދަނީ ވޯޓުލާ މަރުކަޒުތައް ކައިރި ސެކިއުރިޓީ ބަލަހައްޓަމުންނެވެ.

ދެ ފަހަރެއްގެ މަތިން ލަސްކުރެވުނު މި އިންތިހާބު ހެނދުނު ހަތަކުން މެންދުރު ތިނެއް ޖަހަންދެން ކުރިއަށް ދާނެއެވެ.

އިންތިހާބުގެ މައިގަނޑު ވާދަވެރިންނަކީ، މިހާރުގެވެސް ރައީސް އަޝްރަފް ޣަނީއާ ޗީފް އެގްޒެކެޓިވް އަބްދުﷲ އަބްދުﷲ އެވެ.

ވޯޓުލުން ފެށުންތާ ގިނަ އިރުތަކެއް ނުވަނީސް ކަންޑަހާރު ސިޓީގެ ވޯޓުލާ މަރުކަޒެއް ކައިރިވަނީ އެއްޗެއް ގޮއްވާލާ، 16 މީހަކަށް ޒަހަމުވެފައެވެ.

13 ކެނޑިޑޭޓުން ބައިވެރިވާ މި އިންތިހާބުގައި 9.6 މިލިއަން ރައްޔިތުން ވޯޓުލާނެއެވެ. އެއީ 4962 ވޯޓުލާ މަރުކަޒަކަށް ބަހައިލައިގެންނެވެ. މީގެ އިތުރުން އިންތިހާބުގެ އޮބްސާވަރުންގެ އަދަދު 26000އަށް އަރައެވެ.

އަފްގާނިސްތާނުގެ އާބާދީއަކީ 37 މިލިއަން ރައްޔިތުންނެވެ. ނަމަވެސް، ވޯޓުލާން ރެޖިސްޓަރ ކުރީ 9.6 މިލިއަން ރައްޔިތުންނެވެ. ސަބަބަކީ ތާލިބާނުން ވޯޓުލާ މަރުކަޒުތަކަށް ހަމަލާ ދޭނެ ކަމަށް އިންޒާރު ދީފައި އޮތީމާ ގުޅިގެން ރައްޔިތުންގެ ހިތުތެރޭ ބިރުވެރިކަން އުފެދި ވޯޓުލާންދާން ޖެހިލުން ވީއެވެ.

ހިޔާލު