Nick akee Punjabi eh : Priyanka
image
ޕްރިޔަންކާ އާއި ނިކް ކައިވެނި ހަފްލާގައި--
0 ކޮމެންޓް
 

ނިކްއަކީ ޕަންޖާބީއެއް: ޕްރިޔަންކާ

ހޮލީވުޑުގެ ލަވަކިޔުންތެރިޔާ އަދި ޕްރިޔަންކާ ޗޯޕްރާގެ ފިރިމީހާ، ނިކް ޖޯނަސްއަކީ ޕަންޖާބީއެއް ކަމަށް ޕްރިޔަންކާ ބުނެފިއެވެ.
ނިއުޔޯކަށް އުފަން ނިކްއަކީ ޕަންޖާބީއެއްގެ ގޮތުގައި ޕްރިޔަންކާ ސިފަ ކޮށްފައި މިވަނީ އޭނާ ބޮލީވުޑަށް ޖެހިފައިވާ ލޯތްބެއްގެ ސަބަބުންނެވެ. އެގޮތުން ހިންދީ ލަވަތައް ޖެހުމާއި ހިންދީ ރޭޑިއޯ ޗެނަލްތައް އަޑުއެހުމަކީ ނިކް ވަރަށް ޝައުގުވެރިވެގެން ކުރާ ކަމެއް ކަމަށް ވެސް ޕްރިޔަންކާ ބުންޏެވެ.

އޭގެ އިތުރުން ޕްރިޔަންކާ ވަނީ ސްޓޭޖަށް ލަވަ ކިޔަން އެރުމުގެ ކުރިން ވެސް ނިކް ބޮލީވުޑުގެ ލަވަތައް ޖަހާ ކަމަށް ބުނެފައެވެ.

އެމީހުންގެ ކައިވެނީގެ ހަފުލާގެ ތެރޭގައި ވެސް ނިކް ވަނީ ބޮލީވުޑުގެ ލަވަތަކަށް ނަށާފައެވެ. އަދި އޭނާ ވަނީ ޕްރިޔަންކާ މަސައްކަތް ކުރި ބައެއް ފިލްމުތައް ބެލި ކަމަށް ވެސް ބުނެފައެވެ.

ޕްރިޔަންކާއަށް ވުރެ 10 އަހަރު ނިކް ހަގު ނަމަވެސް ގިނަ ބަޔަކަށް އެ ޖޯޑު ވަރަށް ކަމުދެޔެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިޔަންކާ އާއި ހޮލީވުޑުގެ ތަރި، ނިކް އިންޑިއާގެ ޖޯދްޕޫރުގައި ހުންނަ އުމައިދު ބާވަން ޕެލަސްގައި ކައިވެނި ކުރިއިރު އެ ހަފުލާގައި ފިލްމީ ދާއިރާގެ ގިނަ ތަރިންތަކެއް ބައިވެރިވިވެފައި ވެއެވެ.
ހިޔާލު