Abbf ge naeebu raees kamah Hameed
image
ބޮޑީ ބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބްރާހިމް ހަމީދު-- ފޮޓޯ: ބީ.ބީ.އޭ.އެ.މް
އަލީ ޖުމާން ފުއާދު
0 ކޮމެންޓް
 

އޭބީބީއެފްގެ އެގްޒެކްޓިވް ނައިބު ރައީސްކަމަށް ހަމީދު

އޭސިއާ ބޮޑީ ބިލްޑިންގް ފެޑެރޭޝަންގެ އެގްޒެކަޓިވު ނައިބު ރައީސްކަމަށް ބޮޑީ ބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބްރާހިމް ހަމީދު އައްޔަނު ކޮށްފިއެވެ.
އިބްރާހިމް ހަމީދު އައްޔަނުކުރީ ހަތަރު އަހަރުގެ މުއްދަތަކަށެވެ.މީގެ 60 އަހަރު ކުރިން 1959ގައި ހަ ގައުމު ބައިވެރިވެެގެން އުފެއްދި އޭސިއާ ބޮޑީ ބިލްޑިން ފެޑެރޭޝަނުގެ މެމްބަރުންގެ ގޮތުގައި މިހާރު 40 ގައުމު ހިމެނެ އެވެ. އޭގެ ތެރޭގައި ލަންކާ، ޕާކިސްތާނު، އިންޑިއާ، މިޔަންމާ، ތައިލޭންޑު އަދި މެލޭޝިއާ ހިމެނެ އެވެ. އެ ޖަމިއްޔާ އިން ބާއްވާ އެންމެ ބޮޑު މުބާރާތްކަމަށްވާ އޭސިއާ ބޮޑީ ބިލްޑިން ޗެމްޕިއަންޝިޕް ކޮންމެ އަހަރަކު ވެސް ބާއްވާ އެވެ. އެ މުބާރާތް ބާއްވަނީ މެމްބަރު ގައުމުތަކުގެ މެދުގައި ދައުރުވާގޮތަށެވެ.
ހިޔާލު