Saudi sifain thakeh hayyaru kuri kamah Houthin bunefi
image
ހޫތީންތަކެއް-- ފޮޓޯ: ބީބީސީ
އަލީ ޖުމާން ފުއާދު
0 ކޮމެންޓް
 

ސައުދީ ސިފައިންތަކެއް ހައްޔަރު ކުރި ކަމަށް ހޫތީން ބުނެފި

ސައުދީ އަރަބިއްޔާ އާއި ޔަމަންގެ ބޯޑަރަށް ދިން ހަމަލާއަކަށް ފަހު ހޫތީން ސައުދީގެ ސިފައިންތަކެއް ހައްޔަރު ކުރި ކަމަށް ބުނެފި އެވެ.
ހޫތީންގެ ތަރުޖަމާނެއް ބީބީސީއާ ވާހަކަ ދައްކަމުން ބުނީ ސައުދީ ސިފައިންގެ ތިން މީހުން ނަޖްރާނު ނަމަކަށް ކިޔާ ސިޓީ ކައިރީ އަމިއްލައަށް ހޫތީންގެ ބެލުމުގެ ދަށަށް ހަވާލު ދިޔަ ކަމަށެވެ.

އޭނާ ބުނީ އެތައް ހާސް ސިފައިންނެއް ހައްޔަރުކޮށް، ހަމަލާތަކުގައި ސައުދީންގެ ގިނަ ބަޔަކު މަރުވި ކަމަށެވެ. އެކަމަކު ސައުދީން އަދި މި ހަބަރު ކަށަވަރެއް ނުކޮށް ދެއެވެ.

ސައުދީ އަރަބިއްޔާގެ ތެޔޮ މަރުކަޒުތަކަށް 14 ސެޕްޓެމްބަރުގައި ދިން އުދުވާނީ ހަމަލާތަކަށް ހޫތީން ވަނީ ޒިންމާ ނަގާފައެވެ.

މި ހަނގުރާމައަކީ 2015 އިން ފެށިގެން ސައުދީ އާއި ޔަމަނުގެ ހޫތީންނާ ދެމެދު ކުރަމުންދާ ހަނގުރާމައެކެވެ. އދ. އިން ބުނާ ގޮތުގައި 2016 އިން ފެށިގެން 70000 އަށް ވުރެ ގިނަ މީހުން މި ހަނގުރާމައިގެ ސަބަބުން މަރުވެފައި ވެއެވެ.

ހަނގުރާމަ ނިމުމަކަށް ގެންނަން ހޫތީންގެ ހުށަހެޅުމަށް އދ. އިން އެއްބަސްވިއެވެ. ނަމަވެސް ސައުދީން އަދި ޖަވާބެއް ނުދެ އެވެ.
ހިޔާލު