Ranbir ge ufandhuvahah Alia cake eh alhaidheefi
image
0 ކޮމެންޓް
 

ރަންބީރުގެ އުފަން ދުވަހަށް އާލިއާ ކޭކެއް އަޅައިދީފި

ބޮލީވުޑުގެ އެކްޓަރު ރަންބީރު ކަޕޫރުގެ އުފަން ދުވަހަށް އޭނާގެ ލޯބިވެރިޔާ އާލިއާ ބަޓް ކޭކެއް އަޅައިދީފިއެވެ.
ރަންބީރު އަށް އިއްޔެ 37 އަހަރު ފުރުނު އިރު އާއިލާ ވަނީ އޭނާއަށް ހާއްސަ ކޭކެއް އަޅާފައެވެ. އާލިއާ ކޭކު ތައްޔާރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު އާލިއާ ވަނީ މިދިޔަ އަހަރުވެސް އޭނާގެ އުފަން ދުވަސް ފާހަގަކުރުމަށް ކޭކެއް އަޅާފައެވެ.


މިދިޔަ އަހަރުގެ ކުރީކޮޅު ރަންބީރާއި އާލިއާ ލޯބީގެ ގޮތުން ގުޅުނު ކަމަށް އަޑުތައް އެރި ނަމަވެސް އެކަމަށް ދެމީހުން އެއްބަސްވީ ދުވަސްކޮޅެއް ފަހުންނެވެ.

ދެހާސް ބާރަވަނަ އަހަރު އާލިއާ ފިލްމީ ދާއިރާއަށް ނިކުތް ފިލްމު، ސްޓޫޑަންޓް އޮފް ދަ އިޔާގެ ތަރި ސިދާތު މަލްހޯތްރާއާ އާލިއާ ވަނީ ކުރިން ލޯބީގެ ގޮތުން ގުޅިފައެވެ. އަދި ރަންބީރު ވަނީ ދީޕިކާ އާއި ކެޓްރީނާ ފަދަ ތަރިންނާ ރައްޓެހިވެފައެވެ. އެކަމަކު އެ ހުރިހާ ތަރިންގެ ތެރެއިން ވެސް ރަންބީރުގެ އާއިލާއަށް އެންމެ ކަމުދަނީ އާލިއާ ކަމަށް ވެއެވެ.
ހިޔާލު