REPORT: Ismath, battery hithakaa eku ves dhuvanee!
image
އިސްމަތު--
ޝަހްޒާ މުޙައްމަދު
10 ކޮމެންޓް
 

އިސްމަތު، ބެޓެރި ހިތަކާއެކު ވެސް ދުވަނީ!

އިއްޔެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަކުރެވިގެން ދިޔައިރު ހިތާއި ގުޅޭ އެކި ޝުއޫރުތައް ފާޅުކުރެވެމުންދާ ދަނޑިވަޅެއްގައި، ހަނދާން ކޮށްލަން ޖެހޭ އެއް ކަމަކީ، ހިތުގެ ބަލި ތަހައްމަލު ކުރާ މީހުންގެ ތެރޭގައި ވެސް ވަރަށް ހިތްވަރު ގަދަ މީހުން އުޅޭ ކަމެވެ. މުޙައްމަދު އިސްމަތަކީ މިފަދަ މިސާލެކެވެ. އުމުރުން 42 އަހަރުގެ އިސްމަތުގެ ހިތުގައި މީގެ ހަތް އަހަރު ކުރިން ޕޭސްމޭކަރެއް ލައްވާފައިވީ ނަމަވެސް އިސްމަތު ދަނީ، ރާއްޖޭގެ ގިނަ ދުވުންތެރިންނާއި އެއް ސަފެއްގައި ފައިތިލަ ސާބިތުކޮށް، މެރެތަން ޖަހަމުންނެވެ.
އިސްމަތުގެ ހިތުގެ ބައްޔަކީ، ސިކް ސައިނަސް ސިންޑްރޯމް (އެސްއެސްއެސް) ކިޔާ ބައްޔެކެވެ. އެސްއެސްއެސް އަކީ އޭގެ ސަބަބުން ހިތުގެ ވިންދަށް ބަދަލު ގެނެސް، ހިތުގެ ތެޅުން މާބޮޑަށް ލަސްކޮށްލާ ނުވަތަ މާ ބޮޑަށް އަވަސް ކުރުވާ ހާލަތް މެދުވެރިކުރުވާ ކަމެކެވެ. ހިތުގެ ހަރަކާތް ގެނުވާ މަސްތައް ރަނގަޅަށް މަަސައްކަތް ނުކުރުމުގެ ސަބަބުން ދިމާވާ، މިބަލީގެ ސީދާ ސަބަބު ޑޮކްޓަރުންނަށް ވެސް އެނގިފައި ނުވާއިރު ބަލީގެ ފަރުވާ އަކީ، ހިތުގެ ތެޅުން ހަމަޔަށް އެޅުވުމަށްޓަކައި ޕޭސް މޭކަރު ލެއްވުމެވެ.

ޕޭސް މޭކަރަކީ މެޔަށް ލައްވާ ކުޑަ ޑިވައިސްއެކެވެ. ނުވަތަ ބެޓެރިއެކެވެ. މި ޑިވައިސް އިން ކަރަންޓުން ވިންދު އުފައްދާ ހިތުގެ ހިނގުން ކޮންޓްރޯލްކުރެއެވެ. އެސްއެސްއެސް ނޫނަސް ހިތުގެ އެހެން ބަލިތަކުގެ ސަބަބުން ހިތުގެ ހިނގުމަށް ބަދަލު އައުމުން ނުވަތަ ހިތް ހުއްޓޭފަދަ ހާލަތްތަކުގައި މިޑިވައިސް ބޭނުންކުރަންޖެހެއެވެ.އިސްމަތުގެ ހިތް މިހާރު މަސައްކަތް ކުރަނީ ޕޭސް މޭކަރެއްގެ އެހީގައެވެ. ނަމަވެސް ހިތުގެ ބަލިތަކުގެ ގިނަ މީހުންނާއި އިސްމަތުގެ ތަފާތަކީ، ޕޭސް މޭކަރު ލައަވައިގެން އިސްމަތު ހުއްޓާނުލާ ކަސްރަތު ކުރަމުންދާކަމެވެ. އެގޮތުން އިސްމަތު ދަނީ ރާއްޖޭގައި ބާއްވާ ކޮންމެ، ދުވުމުގެ އިވެންޓެއް ނުވަތަ ރޭހެއްގައި ބައިވެރިވެ، ކާމިޔާބު ހޯދަމުންނެވެ.

ސީއެންއެމް އަށް ދިން އިންޓަވިއުއެއްގައި އިސްމަތު ބުނި ގޮތުގައި ދުވުމަކީ އޭނާ ހޮބީއެއްގެ ގޮތުން ކުރަމުންދާ ކަމެއް ކަމުގައެވެ.

"އެންމެ ބޮޑު ކާމިޔާބީ އަކީ ދުވުމުގެ ސަބަބުން އަމިއްލަ ނަފްސަށް ލިބޭ ހިތްހަމަޖެހުން، އެހެން ނަމަވެސް މެރެތަންތަކުގައި ދުވެލެވޭނެ ކަމަކަށް ކުރިން ހީނުކުރަން،" ކުރިން ހީނުކުރި ނަމަވެސް މިއަދު އިސްމަތަކީ ދާއިމީ ޕޭސްމޭކަރެއް ލައްވާފައިވާ މެރެތަން ރަނާ އެކެވެ.

އިސްމަތު ދުވަން ފެށީ، 2016 ވަނަ އަހަރުން ފެށިގެންނެވެ. އޭގެ ފަހުން ގަވައިދުން ދުވަމުންދެއެވެ. އިސްމަތު ބުނި ގޮތުގައި ދުވުމުގެ ސަބަބުން، އޭނާގެ ހިތަށް ލައްވާފައިވާ ބެޓެރިއަށް ބަރޯސާވެ، ހިތް މަސައްކަތް ކުރާ މިންވަރު ކުޑަކޮށްދީ، ހިތް އޭގެ އަމިއްލަ ޒާތުގައި މަސައްކަތް ކުރުމަށް އެހީތެރިވެދެއެވެ.


ހިތުގެ ބަލިތައް ހުންނަ މީހުން، އެމީހުންގެ ޑޮކްޓަރުންގެ ލަފަ އާއި އިރުޝާދުގެ ދަށުން ކަސްރަތުކޮށް ހެލިފެލިވެ އުޅުމަކީ މުހިންމު ކަމެކެވެ. އަދި ހިތުގެ ބަލިތަކުން ރައްކާތެރިވެތިބުމަށްޓަކައި އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ވެސް ގަވައިދުން ކަސްރަތު ކުރުމެވެ. ނަމަވެސް ވަރަށް ގިނަ ފަހަރު ހިތުގެ ބަލީގެ ހާލަތެއް މެދުވެރިވުމުން، މާ ބޮޑަށް ކަސްރަތުކޮށް އުޅެން ޖެހިލުން ވެއެވެ. އަދި، މިފަދަ ކަންކަމުގައި ހަރަކާތްތެރިވެ އުޅެން ހިތްވަރު ގެއްލި ދިރިއުޅުމާއި މެދު މާޔޫސްވާ ފަހަރު އާދެއެވެ. އިސްމަތަކީ، އެފަދަ ފަރާތްތަކުން ނަމޫނާއަކަށް ދެކެންވީ ފަރާތެކެވެ. ހިތުގެ ބައްޔެއް ޖެހުނަސް އަދި ދިރިއުޅުން ނިމުނީއެއް ނޫނެވެ.

"ހިތުގެ ބައްޔެއް މެދުވެރިވުމަކީ، ދިރިއުޅުމުގެ ނިމުމެއް ނޫން، އެކަމުގެ ސަބަބުން ދިރިއުޅުމަށް އިތުރު މާނައެއް ގެނުވައިދޭ ކަމެއް، އެފަދަ ހާލަތެއް މެދުވެރިވުމުން މާޔޫސްވުމުގެ ބަދަލުގައި، އިތުރު ހިތްވަރާއި އެކު މަސައްކަތް ކުރަންވީ، އެފަދަ ހާލަތަކާއި އެކުވެސް ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ކުރެވިދާނެ އެތައް ކަމެއް އެބަހުރި،" ހިތުގެ ބަލިތައް ތަހައްމަލު ކުރާ ފަރާތްތަކަށް އިސްމަތުގެ ބަހަކީ މިއެވެ.

ތެދެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ގަވާއިދުން ކަސްރަތު ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ހިޔާލު

ހިތުގެ ބަލިމީހެއް

ބުނެލަން ބޭނުމީ ތީ ވަރަށް ހިތްވަރު ގަދަ މީހެކޭ. ދިވެހިންގެ ތެރެއިން ފެންނަން ބޭނުމީ ތިކަހަލަ ހިތްވަރު ގަދަ މީހުން. ބަލިވީމަ އެކަމަށް ތަބާވެގެން ނުތިބެ އެކަން ހަނދާން ނައްތާލާ، ދިރިއުޅުމައިގެން ކުރިޔަށް ދާން ތިން އިރު ކާހެން ކަސްރަތުކުރުން ވަރަށް މުހިންމު. ހަމަ ސާބަހޭ އިސްމަތު އަށް ސާބަހޭ ތިދައްކާ ހިއްވަރަށް.
މީވެސް ހިތުގެ ބަލި މީހެއް

ޔޮކޮ

މޭން އެކޭ!

އިންޑިޔާ ޑޮން

އައި އެމް ޕްރައުޑް އޮފް ޔޫ

ނަންބަރ ވަން ފޭން ލިއުޝާން

ދިސް އިޒް ދަ ބެސްޓް ބޮސް އެވަރ. އަ ޓަރމިނޭޓަރ.

ފިނރުޓޭ

ވަރަށް ގަނދަ އިނގޭ! ތީ ހަމަ ދުވާ އެންމެންނަށް ދެވޭ އިންސްޕިރޭސަނެއް! ކުރާ ހިތްވަރަށް އައްސަރި ބަހާ ސާބަސް!

މޫސަ

އިސްމަތަކީ ހިއްގައިމު ރީތި ފިރިހެނެއް!

ޢައިންތު

ގަދައޭ އިސްމަތު. ލަވް ޔޫ

މީމަ

އަހަރުމެން ކީއްމިކުރަނީ... ސާބަހޭ އިސްމަތަށް.. ވަރައް މޯޓިވޭތިންގް އަރްޓިކަލްއެއް...

ޒީ

ވަރަށް ރަނގަޅު މައުލޫމާތު . އަދި ވަރަށް ހިތްވަރު ލިބިއްޖެ.

ފްރެންޑް

އިންސްޕަޔަރިން !