Addu ge viyafaari kuri aruvan 80 million Rufiyaa ge loan!
image
އައްޑޫ--
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

އައްޑޫގެ ވިޔަފާރި ކުރިއަރުވަން 80 މިލިއަން ރުފިޔާގެ ލޯން!

އައްޑޫ ސިޓީގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރި އެރުވުމަށް 80 މިލިއަން ރުފިޔާގެ ލޯން ދޫކުރުމަށް ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުގެ މޭޔަރު އަބްދުﷲ ސޯދިގު ވިދާޅުވެއްޖެ އެވެ.
އައްޑޫގައި ފަތުރުވެރިކަން ފުޅާކުރަން 4000 އެނދު ތަރައްގީ ކުރުމާއި ގުޅޭ ގޮތުން އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސޯދިގު ވިދާޅުވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އައްޑުއަށް ކުރެއްވި ދަތުރުގައި 80 މިލިއަން ރުފިޔާގެ ލޯނުގެ އެހީ ދިނުމަށް ކަނޑައެޅުއްވި ކަމަށެވެ.

"އެސްއެމްއީތަކަށް އޮތް ފުރުސަތުތަކާއި މެދު އަޅުގަނޑުމެންނާއި ސުވާލު ކުރެވުނު. ހަމަ ބޮޑެތި އިންވެސްޓަރުން ހޭ އައިސް އެއްކޮށް ތިބީ؟ އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން މިނިސްޓާ އެންމެ ފަހުން އައްޑު އަށް ކުރެއްވި ދަތުރުގައި ވެސް ރައްޔިތުންނާއި ބައްދަލު ކުރައްވައި ފާހަގަކުރެއްވި 80 މިލިއަން ރުފިޔާ ކަނޑައެޅުއްވި ވާހަކަ. އަދި އިތުރަށް މީގެ އޮތް ޕޮސިބިލިޓީ ވެސް ބައްލަވާނެ ކަމަށް ވިދާޅުވި،" ސޯދިގު ވިދާޅުވި އެވެ.

ސޯދިގު އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގައި ފަތުރުވެރިކަން ފުޅާކުރުމަށް ތަރައްގީ ކުރަން ހަމަޖެހިފައިވާ ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް ބިން ދޫކުރުމުގައި ބޮޑެތި އިންވެސްޓަރުންނާއި އާންމު ވިޔަފާރި ކުރާ ބޭފުޅުންނާއި މެދު އެއްވެސް ތަފާތު ކުރުމެއް ނުގެންގުޅޭނެ ކަމަށެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށްޓަކައި ސަރުކާރުން ވަނީ އެސްޑީއެފްސީގެ ނަމުގައި ބޭންކެއް ހުޅުވާފަ އެވެ.
ހިޔާލު