GST nudhahkaa meehunge List aanmukohfi
image
މިރާ--
0 ކޮމެންޓް
 

ޖީއެސްޓީ ނުދައްކާ މީހުންގެ ލިސްޓު އާންމުކޮށްފި

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ގުޑް އެންޑް ސާވިސަސް ޓެކްސް (ޖީއެސްޓީ) ބަޔާނާއި ފައިސާ ދައްކާފައި ނުވާ ފަރާތްތަކުގެ ލިސްޓު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
މީރާއިން އަންނަނީ ޖީ.އެސް.ޓީ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން ޖީއެސްޓީ ނުދައްކާ މީހުންގެ ނަންތައް އެ އޮތޯރިޓީގެ ވެބްސައިޓު މެދުވެރިކޮށް އާންމުކުރަމުންނެވެ.

ތިލަފުށި ހިމެނޭހެން މާލެ އާއި ވިލިނގިލި އަދި ހުޅުމާލޭގައި ވިޔަފާރި ކުރާ 180 އަށް ވުރެ ގިނަ މީހުން ޖީއެސްޓީ ނުދައްކައިގެން އާންމުކުރި ލިސްޓުގައި ވެއެވެ. އެ ލިސްޓުގައި އަތޮޅު ތެރޭގެ 170 ވިޔަފާރިއެއްގެ ނަން ވެސް ވެއެވެ.

އޭގެ އިތުރުން ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާއިން 50 އަށް ވުރެ ގިނަ ފަރާތް ޖީއެސްޓީ ނުދައްކާތީ އެލިސްޓުގައި ހިމެނިފައިވެއެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގެ ނަން މަޝްހޫރު ގެސްޓު ހައުސްތައް ވެސް ހިމެނެއެވެ.

މީރާއިން ބުނި ގޮތުގައި އެ ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކަކީ މީރާއަށް ދީފައިވާ ނަންބަރުތަކަށް ގުޅަން މަސައްކަތްކޮށް އެކަމަކު ނުގުޅުނު ފަރާތްތަކެވެ.

ވިޔަފާރިތައް ހިންގޭނީ މީރާގައި ރަޖިސްޓްރީ ވެގެންނެވެ. މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާނަމަ މީރާއިން އަންނަނީ ޖޫރިމަނާކުރުމުގެ އިތުރަށް ކޯޓަށް ގޮސްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.


ޖީއެސްޓީ މީރާ
ހިޔާލު