Iran aa medhu fiyavalhu naalhaifi nama theluge agu ufuleyne kamuge inzaaru
image
ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން--
0 ކޮމެންޓް
 

އީރާނާ މެދު ފިޔަވަޅު ނާޅައިފި ނަމަ ތެލުގެ އަގު އުފުލޭނެ ކަމުގެ އިންޒާރު

ދުނިޔޭގެ ގައުމުތަކުން އީރާނާ ދެކޮޅަށް ފިޔަވަޅު ނާޅައިފި ނަމަ ތެލުގެ އަގު ކުއްލިއަކަށް މަތިވެދާނެ ކަމުގެ އިންޒާރު ސައުދީ ވަލީ އަހުދު ދެއްވައިފި އެވެ.
މުހައްމަދު ބިން ސަލްމާން ވިދާޅުވީ އީރާނާ ދެކޮޅަށް ފިޔަވަޅު ނާޅައިފި ނަމަ ހަނގުރާމައަށް މަގުފަހިވެދާނެ ކަމަށާއި، އޭގެ އަސަރު ދުނިޔޭގެ އިގްތިސާދަށް ކުރާނެ ކަމަށެވެ.

ސައުދީ އަރަބިއްޔާގެ ތެޔޮ ކާރުހާނާތަކަށް ދިން ހަމަލާގެ ޒިންމާ އުފުލަން ޖެހޭނީ އީރާނުން ކަމަށް ސައުދީ ވަލީ އަހުދު ވަނީ ވިދާޅުވެފަ އެވެ.

އީރާނުން ބުނީ ސައުދީ ވަލީ އަހުދުގެ އެ ވާހަކަފުޅުތަކަކީ ސައުދީ އަރަބިއްޔާ ލަދުގަންނަން ޖެހޭ ވާހަކަފުޅުތަކެއް ކަމަށެވެ.

ސައުދީގެ ތެޔޮ ކާރުހާނާތަކަށް ދިން ހަމަލާއާ އީރާނާ އެއްވެސް ގުޅުމެއް ނުވާ ކަމަށް އެގައުމުން ބުނެ އެވެ. ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ވަނީ އެކަމުގެ ޒިންމާ އަމިއްލައަށް އުފުލާފަ އެވެ.
ހިޔާލު