Raajjeyge export aai import 22 insahtha dhahahve aamdhanee ves dhashah
image
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ރާއްޖޭގެ އެކްސްޕޯޓް އާއި އިމްޕޯޓް 22 އިންސައްތަ ދަށަށްވެ އާމްދަނީވެސް 13 އިންސައްތަ ދަށަށް

މިދިޔަ އަހަރުގެ އޮގަސްޓް މަހާއި އަޅާބަލާއިރު މި އަހަރުގެ ފެބުރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކޮށް، އެކްސްޕޯޓް ކުރި މުދަލުގެ މިންވަރު 22 އިންސައްތަ ދަށަށްގޮސް ކަސްޓަމްސް އަށް ލިބުނ އާމްދަނީ ވެސް 13 ޕަސަންޓު ދަށަށް ހިނގައްޖެ އެވެ.
ކަސްޓަމްސް މިއަދު އާންމުކުރި ތަފާސްހިސާބު ތައް ދައްކާގޮތުން މިދިޔަ އަހަރު އޮގަސްޓް މަހު 4.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިދިޔަ އޮގަސްޓް މަހު އެ އަދަދު ވަނީ 3.3 ބިލިއަން ރުފިޔާ އަށް ދަށަށް ގޮސްފައެވެ.

އަދި މި އަހަރުގެ އޮގަސްޓް މަހު މަހު 255 މިލިޔަން ރުފިޔާގެ މުދާ އެކްސްޕޯޓްކޮށްފައިވާ އިރު މިދިޔަ އަހަރު އެ އަދަދު އުޅެނީ 258 މިލިޔަން ރުފިޔާގަ އެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިއީ 22 އިންސައްތަ ދަށް އަދަދެކެވެ.

ކަސްޓަމްސް އިން ބުނީ އޮގަސްޓް މަހު އެކްސްޕޯޓް އަދި އިމްޕޯޓް އިން ދައުލަތަށް 262 މިލިއަން ރުފިޔާ ލިބުނު ކަމަށެވެ. 2018 ވަނަ އަހަރު އޮގަސްޓް މަހު ލިބިފައިވަނީ 301 މިލިއަން ރުފިޔާއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓް ކޮށްފައިވަނީ ކަޅުބިލަމަހެވެ. އަދި އެންމެ ގިނައިން އެތެރެކޮށްފައިވަނީ އިލެކްޓްރިކް ސާމާނުތަކެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ ސިންގަޕޫރު، ޔޫ.އޭ.އީ އަދި ޗައިނާއިންނެވެ. ސިންގަޕޫރުން 465 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު ޔޫ.އޭ.އީ އިން އެތެރެކޮށްފައިވަނީ 460 މިލިއަން ރުފިޔާގެ މުދަލެވެ. ޗައިނާއިން އެތެރެ ކުރި މުދަލުގެ އަދަދު 453 މިލިއަން ރުފިޔާއަށް އަރައެވެ.
ހިޔާލު