Sifainge operation thah harudhana kurumah India aai eku mashvarakohffi
image
0 ކޮމެންޓް
 

ސިފައިންގެ އޮޕަރޭޝަންތައް ހަރުދަނާ ކުރުމަށް އިންޑިއާއި މަޝްވަރާކޮށްފި

އެމްއެންޑީއެފްގެ އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމާ ގުޅޭގޮތުން އިންޑިއާގެ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތުއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ.
ސިފައިން ބުނީ ބަންޑާރަކޮށީގައި މިއަދު ބޭއްވި މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައި ވަނީ ސިފައިންގެ ޓްރޭނިންގ އާއި އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމަށް އިންޑިއާ އަސްކަރިއްޔާއިން ދެވޭނެ އެހީތެރިކަމާ ގުޅޭ ގޮތުންނެވެ.

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް ދެ ގައުމު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ދެ ގައުމުގެ އަސްކަރިއްޔާ ގުޅިގެން ޖޮއިންޓް އެކްސަސައިޒްތައް ބޭއްވުމާއި ޖޮއިންޓް ޓްރޭނިންގ ޕްރޮގްރާމްތައް ހިންގުމާއި އޮޕަރޭޝަނަލް ޤާބިލްކަން އިތުރު ކުރުމާ ބެހޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައިވާކަމަށް ސިފައިން ބުނެއެވެ.


މިބައްދަލުވުމުގައި ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުއާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުނާއި އިންޑިއާ އަސްކަރީ ވަފުދުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިޔާލު