Gaumee Team Committeen minister Mahuloof isthiufaa dhevvaifi
image
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް-- ފޮޓޯ: އަވަސް
ފާތުމަތު ނަޒުފާ އިރުޝާދު
0 ކޮމެންޓް
 

ގައުމީ ޓީމް ކޮމިޓީން މިނިސްޓަރު މަހުލޫފު އިސްތިއުފާ ދެއްވައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އެކުލަވާލާފައިވާ ގައުމީ ޓީމު ކޮމިޓީން ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު އިސްތިއުފާ ދެއްވައިފިއެވެ.
ހޯމަ ދުވަހު ޔޫތު މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަހުލޫފު ވިދާޅުވީ ގައުމީ ޓީމް ކޮމިޓީގައި ބައިވެރިވާން ބޭނުންވި ނަމަވެސް އެހެން ކުޅިވަރު އެސޯސިއޭޝަންތަކުގެ ކަންބޮޑުވުންތައް ހުރުމާއެކު ކޮމިޓީގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށެވެ.

މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް މަހުލޫފު ވަނީ އެއްވެސް އެސޯސިއޭޝަން އެއްގެ ކޮމިޓީއެއްގައި އެބޭފުޅާ އިނުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބައެއް އެސޯސިއޭޝަންތަކުގެ ބޭފުޅުންނާއި ރައްޔިތުން ދެކޭ ކަމަށާއި އަދި ބައްސާމް އާއި މަޝްވަރާ ކުރުމަށްފަހު އެ ކޮމިޓީގައި ބައިވެރިނުވާން ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.



އެ ކޮމިޓީގައި މަހުލޫފު ނެތް ނަމަވެސް، މަންދޫބެއްގެ ގޮތުގައި މިނިސްޓަރު އަލީ ވަހީދު އެ ކޮމިޓީގައި ހުންނެވުމަށް އެބޭފުޅާ ވަނީ އެދިލައްވާފައެވެ.

ބައްސާމް އާއި މަހުލޫފު އެކުގައި މަސައްކަތް ކުރައްވާތީ ގިނަ ބަޔެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވާއިރު މަހްލޫފް ވިދާޅުވީ އެފްއޭއެމް ލީޑާޝިޕް ބަދަލުކުރަން ކުރަން ކިތަންމެ މަސައްކަތެއް ކޮށްފައިވީ ނަމަވެސް މޮޅުވީ އެފްއޭއެމް އާއި ބައްސާމް ކަމަށެވެ.

މަހުލޫފް އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ ތެރޭގައި އެފްއޭއެމް ގެ އިންތިހާބު އޮންނާނެ ކަމަށެވެ.


ހިޔާލު