Saudhi in Iran aa hanguraama kuran beynumeh noon: Iraq
image
0 ކޮމެންޓް
 

ސައުދީން އީރާންއާ ހަނގުރާމަ ކުރާކަށް ބޭނުމެއް ނޫން: އިރާގް

ސައުދީ އަރަބިއްޔާއިން އީރާންއާ ހަނގުރާމަކުރަން ބޭނުން ނުވާކަމަށް އިރާގުން ބުނެފިއެވެ.
އިރާގްގެ ޕްރައިމް މިނިސްޓަރ އަޑެލް އަބްދުލް މަހްދީ އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގަ މިއަދު ވިދާޅުވެފައިވަނީ ސައުދީ އަރަބިއްޔާއިން ބޭނުންވަނީ މަޝްރަހު ފިނިކޮށް ހަނގުރާމައާ ދުރަށް ދިއުމަށްކަމަށެވެ.

މި މައްސަލައިގަ އިރާނުން ވެސް ބުނެފައިވަނީ އެ ގައުމުން ސައުދީއާ ހަނގުރާމަ ކުރަން ބޭނުންނުވާކަމަށެވެ.

އީރާންއާ ސައުދީގެ މައްސަލަ ހޫނުވީ ސައުދީގެ ތެޔޮފެކްޓްރީ އާމްކޯ އަށް ޑްރޯން މެދުވެރިކޮށް ހޫތީން ހަމަލާ ދިނުމުންނެވެ. ސައުދީ، އެމެރިކާ އަދި ޔޫރަޕްގެ ބައެއް ގައުމުތަކުން ތުހުމަތުކުރާ ގޮތުގައި އެ ހަމަލާއަކީ އީރާނުން ރާވައިގެން ދިން ހަމަލާއެކެވެ.

ނަމަވެސް އެ ތުހުމަތުތައް އީރާނުން ދޮގުކުރެއެވެ.
ހިޔާލު