Houthin 350 gaidheen minivankohffi
image
0 ކޮމެންޓް
 

ހޫތީން 350 ގައިދީން މިނިވަން ކޮށްފި

ޔަމަނުގެ ބައެއްގަ ވެރިކަން ކުރަމުން އަންނަ ހޫތީން 350 ގައިދީން މިނިވަންކޮށްފިއެވެ.
އެމީހުން މިނިވަން ކުރި މީހުންގެ ތެރޭގައި ސައުދީ އަރަބިއްޔާއަށް ނިސްބަތްވާ ތިން މީހުން ވެސް ހިމެނެއެވެ.

ދާދިފަހުން ހޫތީން ވަނީ ސައުދީގެ 500 އަށްވުރެ ސިފައިން ހައްޔަރު ކޮށްފައެވެ.

ހޫތީން އެއްފަހަރާ މިހާ ގިނަ ގައިދީން މިނިވަން ކުރީ އދ އާއި އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސް ވުމުގެ ދަށުން ހޫތީންގެ ފަޅިން 700 ގައިދީން މިނިވަންކޮށް ޔަމަނުގެ ސަރުކާރާ ހަވާލުކުރަންޖެހެއެވެ. އަދި ޔަމަނު ސަރުކާރުން ވެސް 700 ގައިދީން މިނިވަންކޮށް ހޫތީންނާ ހަވާލުކުރަންޖެހެއެވެ.
ހިޔާލު