Anurag ah Prerna ge hageegai engeyni, Komolika ves enburi!
image
0 ކޮމެންޓް
 

އަނޫރާގަށް ޕްރެނާގެ ހަގީގަތް އެނގެނީ، ކޮމޯލިކާ ވެސް އެނބުރި!

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ "ކަސޯޓީ ޒިންދަގީ ކޭ" ގެ ކުރިއަށް އޮތް އެޕިސޯޑުގައި އަނޫރާގް ބާސޫއަށް ޕްރެނާގެ ހަގީގަތް އެނގެނީ ކަމަށް އެންމެ ފަހުގެ ކަސޯޓީގެ ޕްރޮމޯ އިން ދައްކައިފި އެވެ.
ސްޓާޕްލަސް އިން އެންމެ ފަހުން ދެއްކި ޕްރޮމޯއިން ދައްކާ ގޮތުގައި ޕްރެނާ އޭނާގެ އަޅުކަން ކުރާ ބުދަށް ހުރިހާ ވާހަކައެއް ކިޔައިދެނިކޮށް އަނޫރާގް އަށް އަޑުއިވެނީ އެވެ. އަދި އަނޫރާގް އާއި ޕްރެނާ ގުޅޭ މަންޒަރު ފެނިގެންދިޔަ އެވެ.



އޭގެ އިތުރުން ކޮމޯލިކާ ވެސް އެނބުރި އަންނަ މަންޒަރު ފެނިގެން ދިޔައިރު އޭނާ ފެނިގެން ދަނީ މޫނު ސާޖަރީކޮށްގެން އެހެން ސިފައެއްގައި އަންނަ މަންޒަރެވެ. އިންޑިއާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ކޮމޯލިކާ އާއި އަނޫރާގް ގުޅިގެން ދެން މަސައްކަތް ކުރާނީ ބަޖާޖު އާ ޕްރެނާ ދުރު ކުރާށެވެ.

ހަމަ އެހެންމެ ކޮމޯލިކާ އުޅެނީ އަނެއްކާ ވެސް އަނޫރާގް އާއި ޕްރެނާ ދުރުކޮށް، ޕްރެނާ އާއި ބަޖާޖު ގުޅުވުމަށް ކަމަށް ވެސް ބައެއް ނޫސްތަކުން އަންނަނީ ބުނަމުންނެވެ. ކޮމޯލިކާ އެނބުރި އެ ޝޯއަށް އައި ނަމަވެސް އެ ރޯލުން ދެން ފެނިގެން ދާނީ ހީނާ ހާން އެއް ނޫނެވެ. އެގޮތުން އެރޯލުން ދެން ފެނިގެންދާނީ އަމްނާ ޝަރީފެވެ.
ހިޔާލު