Ginaee fenvaru dhah muvazzafun, fiyavalhu alhan faheh nujeheynan: Minister Nahula
image
މިނިސްޓަރު ނަހުލާ-- ފޮޓޯ: ވަން އޮންލައިން
ފައުޒާ މުހައްމަދު
9 ކޮމެންޓް
 

ގިނައީ ފެންވަރު ދަށް މުވައްޒަފުން، ފިޔަވަޅު އަޅަން ފަހެއް ނުޖެހޭނަން: މިނިސްޓަރު ނަހުލާ

ޓްރާންސްޕޯޓު މިނިސްޓްރީގައި ރަނގަޅަށް މަސައްކަތް ކުރާ މަދު ބަޔަކު ތިބި ނަމަވެސް ގިނައީ ފެންވަރު ދަށް މުވައްޒަފުން ކަމަށާއި އެކަން ހައްލު ނުވެއްޖެ ނަމަ ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ނަހުލާ އެހެން ވިދާޅުވެފައި ވަނީ ރޭ ސަންގު ޓީވީ މެދުވެރިކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންތަކެއް އާންމު ކުރި އޯޑިއޯ އެއްގައެވެ. އެގޮތުން އެ އޯޑިއޯގައި މިނިސްޓަރު ވިދާޅުވީ ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް އެކަން ކުރައްވާނެ ކަމަށެވެ. އަދި އެތަނުގައި ގިނައީ "ހިތާމަވެރިކޮށް، ވަރަށް ދެރަވަރު ފެންވަރުގައި މަސައްކަތް ކުރާ ބޭފުޅުން" ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އޭގެ އިތުރުން މިނިސްޓަރު ފިޔަވައި އެހެން އެއްވެސް މުވައްޒަފަކަށް ބޭނުން ގަޑިއަކު އޮފީހުން ބޭރަށް ގޮސް އައިސް ވަނުމުގެ ފުރުސަތެއް ނޯންނާނެ ކަމަށާއި އެއްވެސް މީހަކަށް މިނިސްޓްރީގައި މަސައްކަތް ކުރަން ޖެހޭ ގަޑި އޮޅިފައި ވެސް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުގެ ވާހަކަ، ހިތްހަމަނުޖެހިގެން ކިތަންމެ ވަރަކަށް ދެއްކިއަސް އަޅުގަނޑަށް ވާނެ ކަމެއް ނޯންނާނެ. ވަރަށް ސާފުކޮށް މި ދަންނަވަނީ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވި ގޮތުގައި އެކަމާނާގެ ކުޑަ ހަ ކުދިން މަންމައާ ހަވާލުކުރުމަށް ފަހު ވަޒީރުކަމާ ހަވާލުވެވަޑައިގަތީ ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވުމަށްޓަކައެވެ.

"ކިތަންމެ ގިނަ ބޭފުޅުންނެެއް ވިޔަސް އަޅުގަނޑު ފިޔަވަޅު އަޅަން ޖެހެންޏާ ފިޔަވަޅު އަޅާނަން. އަޅުގަނޑުގެ އެއްވެސް މައްސަލައެއް ނެތް މާދަމާ ގޮސް ވެސް ގޭގައި އިންނާކަށް. އަޅުގަނޑުގެ ކުޑަ ކުޑަ ހަ ބެއިން ތިބޭ. އަޅުގަނޑު ހަ ބެއިން ގޭގައި މަންމަ ކައިރީ ބައިންދާފައި ވަޒީރު ކަމާއި ހަވާލުވީ، ހަގީގަތުގައި ވެސް ﷲ އަށްޓަކައި ރައްޔިތުންނަށް ހިދުމަތްތަކެއް ކޮށްދޭން އެކަން ނުވާ ކަމަށް ވަންޏާ އެއްވެސް ބޭނުމެއް ނެތް މިތާ އިނުމުގެ،" މިނިސްޓަރު ނަހުލާ ވިދާޅުވި އެވެ.

އޭގެ އިތުރުން ކޮންމެ ހައިސިއްޔަތެއް، ނުވަތަ ކޮންމެ ފެންވަރެއްގެ ބޭފުޅަކަށް ވިޔަސް މައްސަލައެއް އުޅެންޏާ ޖެހޭނީ އެ މީހަކު ބަދަލުކުރަން ކަމަށް ވެސް މިނިސްޓަރު ނަހުލާ ވަނީ ވިދާޅުވެފަ އެވެ.

މިނިސްޓަރު ނަހުލާ އެހެން ވިދާޅުވެފައި ވަނީ ވަޒީފާއިން ވަކި ކުރުމުގެ ބިރު އެބަ އޮތް ކަމަށް ބުނެ، ޓްރާންސްޕޯޓު އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ފޮނުވުމާ ގުޅިގެންނެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ 48 މުވައްޒަފުން ސޮއިކޮށްފައިވާ އެ ޕެޓިޝަނުގައި ބުނެފައި ވަނީ އެފަދަ ސިޓީއެއް ލިޔަން ޖެހުނީ ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ އޮތޯރިޓީގެ ގިނަ މުވައްޒަފުންތަކެއް ކަނޑާލުމުގެ ނިޔަތުގައި މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބުމުން ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓަރުގެ ޕާސަނަލް އެސިސްޓަންޓް ޖަޒްލާން މުހައްމަދު ވިދާޅުވީ، މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގެ އެއްވެސް މުވައްޒަފަކު ކަނޑާލާނެ ކަމުގެ ބިރު އެއްވެސް މުވައްޒަފަކަށް ދައްކާފައި ނުވާ ކަމަށެވެ. ނަމަވެސް ހާޒިރީ އިން ފަރުވާ ކުޑަ ކަމަށް ފާހަގަކުރެވޭ މުވައްޒަފުންނާއި މެދު އަމަލު ކުރެވޭނީ ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން ކަމަށް ޖަޒްލާނު ވަނީ ވިދާޅުވެފަ އެވެ.
ހިޔާލު

ާކޮއްކޮ

މިނިސްޓަރުގެ ވާހަކައިގެ މަގްސަދު އޮޅުވާލައިފި.. ފެންވަރު ދަށް މުވައްޒަފުންނޭ ބުނީ މަސައްކަތުގެ ފެންވަރު ދަށްވާހަކަ..ރަސްމީގަޑީގަ އަބަދު ބޭރުގަ ތިބޭތީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށް ނުދެވޭތީ ފެންވަރު ދަށް ވެގެން ކަންބޮޑުވީ މިނިސްޓަރ...ސާބަހޭ ކަމަނާގެ ހިތްވަރަށް....

މޮހޮތު

ނަހުލާ އެދަައްކަނީ ކަން އޮތްގޮތް...ސްކުލުތައްވެސް މިހަލުގަ،

ޓޮއްޓޮއް

މިނިސްޓަރުންނާއި މަޖިލީސް މެމްބަރުންނަށް ވެވެނީ ކިހާ ފެންވަރެއް ހުރީމަބާ! 🤔

ޓޮއްޓޮއް

No comment

ޖުލޮސް

ސަރުކާރުގެ އެއވެސް ވަޒީފާއެއް އަދާނުކޮށް އެއްވެސް ތަޖުރިބާއެއް ލިބިފަ ނެތް މީހަކަށް މިނިސްޓަރުކަން ލިބުނީމަ ފެންވަރު އޮޅުނީ ދެރަކަމެއް

އަޅުގަނޑު ޢާރިފް

ހަމަ ސޭޓުގެ ބަހުރުވަ! ޓީމު ޓީމަކަށްވާނީ އެ ޓީމުގައި ތިބޭ އެންމެން އެމީހަކަށް ވީވަރަކުން ޓީމުގައި ތިބޭ ދެރަ މީހުންވެސް ނަގާ ކޮޅަށްޖައިގެން އެކުގައި އުޅެވެންޏާތާ!. ތިޔަވިދާޅުވާ ފެންވަރުދަށް ހިތާމަވެރި މީހުން ނޫންތޯ މިޔޮއްހައި ދުވަހު ތިޔަ މިނިސްޓްރީ ހިފެހެއްޓީ. ލީޑަރަކަށް ވަނީ ހިތުހުރިހާ އެއްޗެއް ގޮވައިގެނެއް ނޫން. އަތުގައި ހިފައިގެން މަގުދައްކަން ކުރީގައި ހުރީމައި. މުއްސަނދި މަހުޖަނުންނަށް ނިކަމެތިން ވަޒަންކުރެވޭނީ މަދުން

ާމަ

Kerifa alhachey kalo

ާމަ

Kerifa alhachey kalo

ޑިމޮކްރަސީ

ފަސްއިގިލި އެއްވަރުތޯ ކަމަނާ ވަޒީރުކަމުގަ ތިހުންންވަނީ ކިހާއުސްމިނަކަށް ތަޢްލީމް ޙާޞިލްކުރައްވައިގެންތޯވެސް ސުވާލު އުފެދޭ؟ ވަޒީފާތަކުގަ އުޅޭނީ ފެންވަރު ދަށްމީހުންނާ ފެންވަރު މަތި މީހުންނާ އެމީހަކާޙަވަލުވެފެވަ އޮންނަ މަސައްކަތް ރަގަޅައްކުރަންޏާ ކޮބާތޯ މައްސަލައަކީ ކަމަނާ އަކީވެސް މާމޮޅައްކިޔަވައިގެންހުންންވި ބޭކަބަލެއްނޫން އެކަމު ކަމަނާއާއި ޙަވާލުކޮށްފަވާ ޒިންމާތައް ބަރާބަރަށް އަދާކުރަންޏާ ދެންކޮބާތޮ މައްސަލައަކީ މާދަންވެސް ގޭގަހުންނަންޖެހިދާނެ ތިވަޒީފައިގަ އުމުރުދުވަހު ހުރެވޭނެތޯ މީހަކަށް ދެރައެއްދީގެން ކޮންމޮޅެއްތޯލިބޭނި؟ އަނެކާގެ އިޙްސާސްތަށްވެސް ދަނެ ވަޒީފާއަށް ފަރުވާކުޑަމީހުންނާ ދޭތެރޭ ފިޔަވަޅުއަޅާ އިސްލާޙް ވުމަށް ފުރުޞަތުދެއްވާ