Lanka gai hunna dhivehi embassy ge 3rd Secretory akah Faisal
image
ފައިސަލް (ކ) ރައީސް ނަޝީދުގެ އަރިހުގައި--
1 ކޮމެންޓް
 

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ތާޑް ސެކްރެޓަރީއަކަށް ފައިސަލް

ލަންކާގައި ހުންނަ ދިވެހި އެމްބަސީގެ ތާޑް ސެކްރެޓަރީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެ މަގާމަށް އައްޔަން ކުރެއްވީ ގދ. ވާދޫ، ކެނެރީ ވިލާ، މުހައްމަދު ފައިސަލެވެ. އޭނާ އެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އައްޔަން ކުރެއްވީ މިދިޔަ އަންގާރަ ދުވަހެވެ.

ފައިސަލަކީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައި ވެސް ސިޔާސީ މަގާމެއް އަދާ ކުރެއްވި ބޭފުޅެކެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ވަނީ ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ. އެގޮތުން އިންޑިއާގެ ޓްރިވަންޑްރަމްގައި ހިންގި ހަރަކާތްތަކުގައި އޭނާ ވަނީ ބައިވެރިވެފަ އެވެ.

ނަމަވެސް ފަހުން ފައިސަލް ފެނިގެން ދިޔައީ ލަންކާގައި ހިންގި އެމްޑީޕީގެ ހަރަކާތްތަކުގައި ބައިވެރިވި ތަނެވެ. އަދި އެ ހަރާކްތަކުގައި އޭނާ ވަނީ އިސް ރޯލެއް އަދާކޮށްފަ އެވެ.
ރައީސް އޮފީސް
ހިޔާލު

ޑިމޮކްރަސީ

ދެފުއްކެހެރިންނަށް މިޤަވްމުއޮތީ އޭރު ވައި ހުރިކޮޅަކަށް ދަންމާނަށް ޖައްސާފަ ބޭއްވީމަ ނިމުނީ ތެދުވެރިކަމާއި އެކު ދެގޮތެއްނުވެ ތިބޭ މީހުން ހަމަ ތިބި ގޮތުގަ ތިބެންޖެހޭނީ